މިއީ ޑަބްލިއުޑީސީ އައްޑޫސިޓީ އިން ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ހަބަރު

އައްޑޫ، "ދަރުމަ" އިޙްޔާފޯރަމް - މިފަހަރު 4 ޢުމްރާ ދަތުރާއިއެކު ކޮންމެރެއަކުވެސް އަގުހުރި އެތައް ޢިނާމެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 މާރޗް 2024 , ބުދަ 13:26   932

"ދަރުމަ" އިޙްޔާފޯރަމް މާދަމާރޭ އައްޑޫސިޓީގައި ފެށިގެންދާނެއެވެ.

ދީނީ ނަސޭޙަތް ދިނުމަށް ބޭއްވޭ މި ފޯރަމް އަކީ ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ބާއްވަމުންއަންނަ ފޯރަމްއެކެވެ.

ޖުމްލަ ހަތަރު އަވަށެއްގައި މި ފޯރަމް ކުރިއަށްގެންދިއުމަށް ރޭވިފައިވާއިރު، މި ފޯރަމް އަޑުއެހުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ޤުރުޢަތުން ހޮވޭ 4 ފަރާތަކަށް ޢުމްރާ ދަތުރު ދިނުމަށް ރޭވިފައިވެއެވެ. މީގެ އިތުރުން ވެސް ކޮންމެ ރެއަކު އިތުރު އަގުހުރި 16 ޢިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ޑަބްލިއުޑީސީގެ ރައީސާ ނުސްރާ ރަޝީދު ވިދާޅުވީ، ކުރީއަހަރަށްވުރެ މިފަހަރު ޢިނާމްތައް ގިނަވާނެކަމަށާއި، އުއްމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ފޯރަމްއަށް ވަޑައިގަތުންކަމަށެވެ.

މިފޯރަމްގައި ދަރުސްދެއްވާނީ:

  • އައްޝެއިޚް މުޙައްމަދު އަނީލް
  • އަލްއުސްތާޒާ އައިޝާ ޚަލީލާ
  • ޑރ. ޢަބްދުއްސައްތާރު
  • އައްޝެއިޚް އަޙްމަދު މައުސޫމް

ފޯރަމްގެ ތާވަލު:

  • 14th March 2024 - Feydhoo School 21:30-23:00
  • 15th March 2024 - Irushadhiyya School 21:30-23:00
  • 16th March 2024 - S Atoll Madharusa 21:30-23:00
  • 21st March 2024 - Addu High School 21:30-23:00
ޓެގްސް: ޑަބްލިއުޑީސީ ރޯދަމަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.