ކައުންސިލަރ ސަޢީދު، ހިތަދޫ އާއި ގުޅިފައިވާ ރަށްތަކުގައި ޕެޓްރޯލް ލީޓަރަކުން 2.55ރ. ބޮޑުއިރު، ހުޅުމީދޫގައި އަގު ހުރީ މާލެއާއި އަޅައިބަލާއިރު 40 އިންސައްތަ...

ހަބަރު

އައްޑޫގައި އެސްޓީއޯ އިން ޕެޓްރޯލާއި ޑީސެލް ވިއްކަނީ އިންތިހާއަށް ބޮޑުއަގުގައި، ވަރަށް ބޮޑު ބޭއިންސާފެއް! - ކައުންސިލަރ ސަޢީދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 މާރޗް 2024 , ބުދަ 19:17   107

އައްޑޫގައި ވިއްކާ ޕެޓްރޯލާއި ޑީސެލް ވިއްކާއަގު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި، މިއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި އައްޑޫސިޓީ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާގެ ކައުންސިލަރ އަހުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، މިއަދު ވެސް މާލޭގައި ޕެޓްރޯލް ލީޓަރެއް 14.33ރ. ގައި ހުރިއިރު އައްޑޫ ސިޓީ ހިތަދޫގައި ހުރީ 16.88ރ އަށް ކަމުގައެވެ. އެއީ ލީޓަރަކުން 2.55ރ ބޮޑު ޢަދަދެކެވެ. އިންސައްތައިން ބަލާނަމަ ގާތްގަނޑަކަށް 18 އިންސައްތަ ބޮޑު ޢަދަދެކެވެ.

ހަމައެހެންމެ ހުޅުމީދޫގައި ޕެޓްރޯލް ލީޓަރެއް ވިއްކަން ހުރީ 20.00ރ އަށެވެ. އެއީ މާލޭގެ އަގާއި އަޅާކިޔާއިރު، 5.67ރ. ނުވަތަ 40 އިންސައްތަ ބޮޑު ތަފާތެކެވެ. އަދި ޑީސެލް ލީޓަރެއް ވިއްކަން ހުރީ 22-25ރ. ދޭތެރޭ އަގުތަކުގައެވެ.

ތަފާތު އެކިފަހަރު މަތިން، ކުރީ ސަރުކާރުގައި ވެސް، ރައީސް ވަޑައިގަތުމުން، އަދި މިހާރުގެ ރައީސަށް ވެސް ދެންނެވިން މިކަމުގެ ކަންބޮޑުވުން. މިއަދާ ހަމައަށް އެއްވެސް އެދެވޭ ނަތީޖާއެއް ނުފެނޭ.

~ ސައުންސިލަރ ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ އެސްޓީއޯގެ ބޯޓެއްގައި އައްޑޫއަށް ތެޔޮއެތެރެކުރަނީ ސީދާ ރާއްޖެއިން ބޭރުންކަމަށާއި، ތެޔޮ ބަނދަރުކުރުމާއި، ރައްކާކުރުމާއި އަދި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ވަކި މާލޭގައި އަގު ހެޔޮވާންޖެހޭ ސަބަބު ނުވިސްނޭކަމަށެވެ. އަދި އަމިއްލަ ފަރާތްތަކަށް ތެޔޮ ވިއްކުމަށް އިތުރަށް ބިން ދޫކުރުމަށް ވެސް ވާހަކަތައް ދެކެވެމުންދާކަމަށާއި، އަމިއްލަ މީހުންނަށް ވެސް ރަނގަޅު އަގުގައި ތެޔޮ ވިއްކޭނީ އެސްޓީއޯ ވިއްކާ ތެޔޮ އަގުހެޔޮކުރުމުން ކަމަށެވެ.

"މިކަމުގައި ފަހަތަށް ނުޖެހި ކޮންމެ ބަޔަކު ތިއްބަސް ހައްޤުބަސް ބުނާނަން. މިކަން ކޮޅެއްގައި ޖެހެންދެން މަސައްކަތް ހުއްޓާނުލައި ކުރިއަށްދާނަން." ހިތަދޫ އުރުތު ދާއިރާގެ މަޖިލީސް ގޮނޑިއަށް ވެސް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސަޢީދު ވިދާޅުވިއެވެ.

މިލިޔުމާއިގުޅޭ:

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް މަޖިލީސް އިންތިޚާބު ތެޔޮ ޢެސްޓީއޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.