އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް

ހަބަރު

މުވައްޒަފުން ވަކިކުރަމުންދާތީ، ޤާނޫނަށް ބަދަލުގެންނަވާނެކަމަށް ފައްޔާޒު ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 މާރޗް 2024 , ހޮނިހިރު 11:05   336

ދައުލަތުގެ އެކި މުވައްސަސާތަކުގެ ތިބި މުވައްޒަފުން ސިޔާސީ ސަބަބުތަކަށްޓަކައި ވަކިކުރަމުންދާތީ، ޤާނޫނަށް ބަދަލުގެންނަވާނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ތިމަރަފުށީގައި ރޭ ކުރިއަށް ގެންދިޔަ ކެމްޕޭން ޙަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

މި ޙަރަކާތުގައި ވާހަކަދައްކަވަމުން ދައްޔާޒު ވިދާޅުވީ، ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ސިޔާސީކަންކަމުގައި އުޅޭވޭނެކަމަށާއި، ޤާނޫނު އަސާސީ އިން މިހާރުވެސް އެއީ އަސާސީ ޙައްޤެއްގެގޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭކަމަށެވެ.

މިވަޤުތު ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކުރައްވައިގެން، ވަކިކުރާ މުވައްޒަފުންނަށް ވަޒީފާ ޢިޔާދަވާނެގޮތް ހައްދަވާނެކަމަށެވެ.

އެމްޑީޕީ އިން ވަނީ މީގެކުރިންވެސް ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް، ސަރުކާރުންވެސް އަދި ރައީސް މުޢިއްޒު ވެސް ޔަޤީންކޮށްދެއްވީ، ސިޔާސީ ވިސްނުންތަފާތުވެގެން ވިޔަސް، އަދި އެމަނިކުފާނަށް ކިތައްމެ ފާޑެއްކިޔަސް ފިޔަވަޅު ނާޅުއްވާނެކަމަށެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭގޮތުގައި، ދާދިފަހުން އެސްޓީއޯ އިންވެސް ވަނީ ކުއްލިގޮތަކަށް މުވައްޒަފުންތަކަކަށް ފިޔަވަޅުއަޅާފައެވެ. އަދި އެސްޓީއޯއިން އެކަން ދޮގުކޮށްފައިނުވެއެވެ.

ޓެގްސް: އެމްޑީޕީ ފާއްޔާޒް އިސްމާޢިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.