ސީއެމްސީގެ ވެރިޔާ ރާޖޫ އާއިއެކު އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކުރަނީ، ސަރުކާރުން ވެރިކަމަށް އައީ...

ހަބަރު

ވިޔަފާރި ސިއްރެއްކަމަށް ބުނެ، ފުށިދިއްގަރު ހިއްކާ ކުންފުންޏަށް ދޭ ފައިސާގެ ޢަދަދު ސަރުކާރުން ހާމައެއްނުކުރި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 މާރޗް 2024 , އާދީއްތަ 11:04   60

ފުށިދިއްގަރު ފަޅު ހިއްކުމާއި، ހުޅުމާލެ 3 ވަނަ ފިޔަވަހީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު 35 ހެކްޓަރ ބިން ހިއްކުމަށް، ސަރުކާރާއި ގާތްގުޅުމެއް ބާއްވަމުން އަންނަ އަވަށްޓެރި ސްރީލަންކާގެ ސީއެމްސީ ކުންފުންޏާއިއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެކުންފުންޏަށް ފައިސާގެ ގޮތުގައި ޖުމްލަ ދިނުމަށް ސަރުކާރުން އެއްބަސްވި ޢަދަދު ހާމަކުރަން ސަރުކާރުން ދެކޮޅުހަދައިފިއެވެ.

ސަރުކާރުން މިޢަދަދު ހާމަކޮށްފައިނުވަނީ ވިޔަފާރި ސިއްރެއްކަމަށް ބުނެއެވެ. ސަރުކާރުން ވެރިކަމަށް އައީ، ދޭދޭ ޤައުމަތަކާއިއެކު ވެވޭ އެއްބަސްވުންތަކާއި، އެހެނިހެން ހުރިހައި އެއްބަސްވުންތަކެއް ވެސް ސިއްރުނުކުރައްވާނެކަމުގެ ވަޢުދާއިއެކުއެވެ.

މިހާތަނަށް ހާމަވެފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، ފުށިދިއްގަރު އަދި ހުޅުމާލެ ފޭސް 3 ހިމެނޭގޮތަށް މާލެ ސަރަޙައްދުން ޖުމްލަ 1249 ހެކްޓަރުގެ ބިން ހިއްކަން ސީއެމްސީ ކުންފުންޏާއި ޙަވާލުކުރެވިފައިވެއެވެ. އަދި އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދީފައިވެއެވެ.

ފައިސާ ދޭނެ ވާހަކަ ކުރިން ބުނެފައިނުވާއިރު، މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އެކުންފުންޏަށް 90 ހެކްޓަރުގެ ބިން ބަދަލުގެ ގޮތުގައި ދޭނެކަމަށެވެ. އެއީ ގާތްގަނޑަކަށް ހުޅުމާލޭގެ ދެވަނަ ފޭހުގެ ދެބައިކުޅައެއްބައި ބިމެވެ.

އަދި އިތުރަށް އެކުންފުންޏަށް ފައިސާ ދޭން ޖެހެނީ ކިހާވަރެއްކަން ސާފުކުރުމަށް މަސައްކަތްކުރުމުން އާބަންކޯ އިން ބުނެފައިވަނީ އެމަޢްލޫމާތު ހާމަކުރެވެން ނެތްކަމަށާއި، އެއީ ވިޔަފާރީގެ "ސިއްރު" މަޢްލޫމާތުތަކެއްކަމަށެވެ.

ޓެގްސް: ބިން ހިއްކުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.