ރަސްމާލެ، ފުށިދިއްގަރު ހިއްކުމުގެ މަސައްކަތުގެ ތެރެއިން، މަސައްކަތަށް ބޭނުންވާވަރަށް ފައިސާވެސް ހަމަޖެހިފައިނުވޭ

ހަބަރު

ފުށިދިއްގަރު ހިއްކާ ނިމޭއިރު މާލެ ސަރަޙައްދުން ވެލި އެކީއެއްކޮށް ހުސްވާނެ، މަސައްކަތް ކުރިއަށް ނުދަނީވެސް ވެލި ނުލިބޭތީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 މާރޗް 2024 , ބުދަ 19:33   424

ސަރުކާރުގެ އުއްމީދީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް، ރަސްމާލެ [ފުށިދިއްގަރު] ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ މަސްތަކެއްވެފައިވާއިރު، މަސައްކަތް ހިނގައިގަތުމަށް ބޭނުންވާ ފައިސާއާއި ވަޞީލަތްތައް ހަމަޖެހިފައި ނުވާކަމަށް ސަރުކާރުން ބުނެފިއެވެ.

އެންމެ ފުރަތަމަ ސަރުކާރުން މަސައްކަތްކުރީ، ބަޖެޓުގައި ޖަހައިގެން މި ޕްރޮޖެކްޓް ހައުސިންގ މިނިސްޓްރީގެ ތެރެއިން ކުރުމަށެވެ. ނަމަވެސް، ފަހުން ނިންމީ އެޗްޑީސީ އާއިއެކު ކުރިއަށް ގެންދިއުމަށެވެ.

އެޗްޑީސީ އަކީ ސަރުންކާރުން ބޭރުން ހިންގާ ކުންފުންޏެއްކަމަށް ބުނެ ސަރުކާރުން ވަނީ، ބިން ހިއްކުމަށް އެއްބަސްވުން ހެދުނު ލަންކާ ކުންފުނީގެ އެއްބަސްވުން ސިއްރުކޮށްފައެވެ. އެޗްޑީސީ އިން މިހާތަނަށް 20 މިލިއަން ޑޮލަރު އެކުންފުންޏަށް ދީފައިވާއިރު، މަސައްކަތް މަޑުޖެހިފައިވާތާ ދުވަސްތަކެއްވެފައިވާތީ ގިނަބަޔަކު އަންނަނީ އެމަސައްކަތަކާމެދު ސުވާލު އުފައްދަމުންނެވެ.

މިކަމާއިގުޅޭގޮތުން ހައުސިންގ މިނިސްޓްރީ އިން ވިދާޅުވީ، މަސައްކަތް މަޑުޖެހިފައިވަނީ، ކުރިން އަންދާޒާކުރިގޮތާއި ޚިލާފަށް ވެލި ނަގާ ސަރަޙައްދުން ވެލި ހުސްވުމާއި ގުޅިގެންކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ، ވެލި އެހެން ދިމަދިމާލުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށާއި، މަސައްކަތްކަތް ޙަވާލުކުރުވުނު ކޮންޓްރެކްޓަރު އަތުގައި ވެސް ދުރުން ވެލި ގެނައުމަށް ބޭނުންވާ ފައިސާ ނެތް ކަމަށެވެ.

ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢު ސަރުކާރުން ފެއްޓެވީ މާބޮޑު ދިރާސާތަކެއް ނުކޮށް ކުއްލިގޮތަކަށެވެ.

މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިއީ ގާތްގަނޑަކަށް ހުޅުމާލޭގޭ ތިންގުނަ ބޮޑު ބިމެކެވެ. މި ބިން ހިއްކާ ނިމޭއިރު، މާލެ ސަރަޙައްދުން ވެލި އެކީއެއްކޮށް ހުސްވާނެކަމަށް ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ.

ނިމިދިޔަ ސަރުކާރުގައި ވެސް ގިނަ ބިންތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިއްކާފައިވާއިރު، އެސަރަޙައްދުތަކަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާ، އަދި މަގު ހެދުމަށް މިހާތަނަށް ބަޖެޓްކުރެވިގެން މަސައްކަތްކުރެވިފައި ނުވެއެވެ.

ޓެގްސް: ތަރައްޤީގެ މަސައްކަތްތައް ބިން ހިއްކުން ބޯހިޔާވަހިކަން އެޗްޑީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.