ބޭރުފައިސާގެ އަގުއުފުލި އަގު ހޯދަން ދަތިވަނީ އެކި ދުވަސްވަރާއި ދިމާކޮށް

ހަބަރު

ޑޮލަރު ރޭޓް ދަށްވީ ސަރުކާރުން ކުރިކަމަކުން ނޫން، ޑިމާންޑް ދަށްވުމުން!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 މާރޗް 2024 , ބުދަ 19:51 2   1026

ރޯދަމަސް ފެށުނު ފަހުން ޑޮލަރުގެ އަގުތިރިވެފައިވާތީ ސަރުކާރުން ބުނަމުން އަންނަނީ، އެކަން އެގޮތަށް އެވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އިޤްތިޞާދީ މާހިރުންގެ ބަސް ތަފާތެވެ.

ޑޮލަރު ރޭޓް ދަށްވީ ސަބަބާއި ގުޅޭގޮތުން، އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން، އިޤްތިޞޯދީ މާހިރަކު ވިދާޅުވީ ޢާއްމު ގޮތެއްގައި ވެސް ކޮންމެ އަހަރެއްގެ ވަކި ހިސާބުތަކުގައި ޑޮލަރު ރޭޓް އިންތިހާއަށް އުފުލޭކަމަށެވެ. މި ގޮތުން އެންމެ ބޮޑަށް ކޮންމެ އަހަރަކުވެސް ޑޮލަރުގެ އަގު އުފުލެނީ ރޯދަމަސް، ޙައްޖު މަސް، އަދި ޗުއްޓީ ދުވަސްވަރާއި ދިމާކޮށްކަމަށެވެ.

"ރޯދަމަހާއި ދިމާކޮށް ކުއްލިއަކަށް ގިނަ ޢަދަދެއްގެ މުދާ އެތެރެކުރަންޖެހޭ. ވިޔަފާރިތަކަށް އެޑޮލަރު ހޯދާނެެ ގޮތެއް ނޯވޭ. ބޭންކްތަކުން ބޭރުފައިސާއެއް ނުދޭނެ. ދެން ބްލެކް މާކެޓްގައި އަގު މަތިވެގެންދޭ ކޮންމެފަހަރަކު. ހަމައެހެންމެ ޢުމްރާ އަޅުކަމާއި ވެސް ދިމާވުމުން، އިތުރު ޑޮލަރުތަކެއް ބޭނުންވޭ އަބަދުވެސް" އޭނާ ވިދާޅުވިއެވެ.

ވިޔަފާރިވެރިން ވެސް ބުނެފައިވަނީ ޑޮލަރުގެ އަގު ދަށްވެގެން ދިޔައީ ޑޮލަރުގެ ޑިމާންޑް ދަށްވުމުންކަމަށެވެ. ވިޔަފާރިތަކުން ރޯދައަށް ގެނައި ހުރިހައި ޝިޕްމެންޓަކަށް ފައިސާދައްކާފައިވާކަމަށާއި، މިހާރު ޑޮލާރު ކިއުއެއް ނެތްކަމަށެވެ.

ހަމައެގޮތަށް، ޢުމްރާގެ އަޅުކަމަށް ޑޮލަރު ހޯދަން އޮތް ޑިމާންޑްވެސް ނެތިގެން ގޮސްފައިވާއިރު، ބްލެކްމާކެޓްގައި ޑޮލަރުގެ އަގު މިހާރު ވަނީ 17.50 ލާރިއަށް ވެއްޓިފައެވެ.

އިޤްތިޞޯދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ޑޮލަރުގެ ޑިމާންޑް އަނެއްކާވެސް ރޯދަމަސް ނިމި ބޮޑު ޗުއްޓީ އާއި ދިމާކޮށް އިތުރުވާނެއެވެ. އަދި ވިޔަފާރިތަކަށް ވެސް އެހެނިހެން މުދާތައް ގެނައުމަށް އަނެއްކާވެސް ޑޮލަރު ބޭނުންވާނެއެވެ.

ޓެގްސް: ޔޫއެސްޑޮލަރު އިގްތިޞޯދު ބޭރުފައިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.