ރައީސް މުޢިއްޒުގެ ކެބިނެޓް މިނިިސްޓަރުން، ރައީސް ޔާމީން ސަރުކާރާއި އަޅާބަލާއިރު ދެގުނަވެއްޖެ

ހަބަރު

ސިޔާސީ މަޤާމުތައް މިދިޔަ ސަރުކާރަށްވުރެ %70 އިތުރުވެ، ބަޖެޓަށް ބުރަބޮޑުވެފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 މާރޗް 2024 , ބުރާސްފަތި 10:43   422

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޢަދަދު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށްވުރެ 50 އިންސައްތަ އިތުރުވެ، 1700 އަށް އަރައިފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ސިޔާސީ މަޤާމުތަކަށް 1050 މީހަކު ލާފައިވެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ތިއްބެވީ 690 ސިޔާސީ ބޫފުޅުންކަން ރިކޯޑްތަކުން ދައްކައެވެ.

އެހެންކަމުން މިސަރުކާރުން މިދިޔަ ސަރުކާރަށްވުރެ 70 އިންސައްތަ އިތުރު ޢަދަދަކަށް، އަދި ރައީސް ޔާމީންގެ ވެރިކަމާއި އަޅާކިޔާއިރު ދެގުނަ ސިޔާސީ މަޤާމުތައް އުފައްދާފައިވެއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ނުކަތާވަރަށް ދައުލަތް ހިންގުމުގެ ޚަރަދު އަންނަނީ ބޮޑުވަމުންނެވެ.

ނިމިދިޔަ ސަރުކާރުގައި ސިޔާސީ ފަރާތްތަކުގެ މުސާރައަށް 400 މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތުން ޚަރަދުކޮށްފައިވެއެވެ. އަދި މި ސަރުކާރުން މިހާރު މަޤާމުތަކުގައި ތިބި ސިޔާސީ ފަރާތްތަކަށް އަހަރެއްގެ ތެރޭގައި 600 މިލިއަނަށްވުރެ ބޮޑު ޢަދަދެއް ހޭދަކުރަންޖެހޭނެއެވެ.

ސިޔާސީ މަޤާމްތައް އިތުރުވަމުންދާއިރު، އޭގެ ރަނގަޅު އަސަރުތަކެއް މިހާތަނެއް ފެނިފައިނުވެއެވެ. ދައުލަތުގެ ޢާމްދަނީ އިތުރުވެ ފުދުންތެރިކަން އިތުރުވެފައި ނުވާތީ އާއި އިތުރު އާ ވަޒީފާތައް ނުއުފެއްދޭތީ، މި ސަރުކާރަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ޓެގްސް: ވަޒީފާ ސަރުކާރުގެ ޚަރަދުތައް ސަރުކާރު ދައުލަތުގެ ބަޖެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.