މެލޭޝިއާ އެއަލައިންސް، ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ހަބަރު

މެލޭޝިއާ އަށް އެންމެ 285 ޑޮލަރަށް ދެކޮޅު ޓިކެޓް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 މާރޗް 2024 , ހޮނިހިރު 11:32   838

މެލޭޝިއާ އެއަރލައިންސުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ތައްްޔާރުވަމުންދާއިރު ޓިކެޓްތަކުގެ އަގުތައް ވަނީ ކުރިއާއި ޚިލާފަށް ވަރަށް ބޮޑުތަށް ކުޑަކޮށްފައެވެ.

އެ އެއަރލައިންގެ ވެބްސައިޓްގައި ވާގޮތުން، އޯގަސްޓް މަހުގެ 1ވަނަ ދުވަހުން ފެށިގެން ޓިކެޓްތައް ލިބެންހުރިއިރު، އެންމެ އަގުހެޔޮކޮށް ދެކޮޅު ޓިކެޓެއް ލިބެންހުރީ ގާތްގަނޑަކަށް 285 ޑޮލަރަށެވެ. އެއީ ދިވެހި ފައިސާއިން ބަލާއިރު 4395 ރުފިޔާއެވެ.

ރާއްޖެއާއި މެލޭޝިއާ އާއިދެމެދު ކޮންމެ ދުވަހަކު އެއްފަހަރު ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ރޭވިފައިވެއެވެ.

މެލޭޝިއާ އެއަރލައިންސް އިން ދުނިޔޭގެ 150 ޤައުމެއްގެ 1،000 އަށްވުރެ މަންޒިލަށް އަންނަނި ދަތުރުކުރަމުންނެވެ. އަދި މި ދަތުރުތަކުގައި 650 އަށްވުރެ ގިނަ އެއާޕޯޓް އަންނަނީ ބޭނުންކުރަމުންނެވެ.

މެލޭޝިއާ އެއަރލައިންސްގެ އިތުރުން މެލޭޝިއާގެ ބަތިކް އެއަރ އާއި އެއަރ އޭޝިއާ އިން ވެސް އަންނަނީ ރާއްޖެއާއި މެލޭޝިއާގެ ކުއަލަ ލަމްޕޫރުއާއި ދެމެދު ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. މި ދެ އެއަރލައިނަކީ ވެސް ބަޖެޓް އެއަރލައިންތަކެވެ.

ދިވެހިރާއްޖެއަށް މިވަޤުތު ބޭރުގެ 29 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ.

ޓެގްސް: މޭލޭޝިއާ އެއަރލައިންސް ރާއްޖެއަންނަ އެއަރލައިންތައް ވައިގެ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.