ސިޔާމް އަދި ހިތަދޫ ކެމްޕޭން މެނޭޖަރ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް އަށް ގަން އެއަރޕޯޓުން މަރުޙަބާ ދަންނަނަވަނީ

ހަބަރު

އައްޑޫސިޓީ، ސިޔާމްގެ ޚާއްޞަ ޙަރަކާތެއް މިރޭ ޕީއެންސީ ހިތަދޫ ކެމްޕޭން ކޯޑިނޭޓަރ ޝަރީފް އާއިއެކު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 މާރޗް 2024 , ހޮނިހިރު 17:31 2   635

އައްޑޫސިޓީ، ހިތަދޫ ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް މުޙައްމަދު ސިޔާމްގެ ކެމްޕޭން ޓީމްގެ ފަރާތުން ބާއްވާ ޚާއްޞަ ޙަރަކާތެއް މިރޭ، ހިތަދޫ މާކިޅި ސަރަޙައްދުގައި (މެދެއާރި މަގުގައި) އޮންނާނެކަމަށް އެ ޓީމުން ބުނެފިއެވެ.

މި ޙަރަކާތް ފެށިގެންދާނީ މިރޭ 9.30 ގައެވެ.

ޙަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ހިތަދޫގެ ކެމްޕޭން ޓީމްތަކަށް ކަނޑައަޅުއްވާފައިވާ ކެމްޕޭން ކޯޑިނޭޓަރ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އާއި އެހެން ބައެއް ޚާއްޞަ މެޙްމާނުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސިޔާމް އާއި ޝަރީފް އަދި ކެމްޕޭންޓީމަށް މިއަދު މެންދުރު ގަން އެއަރޕޯޓަށް ވަޑައިގެންނެވުމުން، ރޯދަމަހާއި ދިމާވި ނަމަވެސް ގިނަ ބަޔަކު ނިކުމެ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ފަހަރުގެ މަޖިލީސް ކެމްޕޭންގެ މުހިއްމު ބޮޑުބައެއް ރޯދަމަހާއި ދިމާވި ނަމަވެސް، ކެންޑިޑޭޓުންގެ ކެމްޕޭން ޙަރަކާތްތައް ފޯރިއާއިއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ.

ސިޔާމް އާއިއެކު ދެން އެ ދާއިރާ އަށް ވާދަކުރައްވަނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. ނާޒިލް އަށް އެމްޑީޕީ އިން ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކާއި ނުލައެވެ.

މި ލިޔުމާއި ގުޅޭ ފޮޓޯތައް

ޓެގްސް: ޕީއެންސީ އައްޑޫ މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.