އެމްޑޕީ އިން މިފަހަރުގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުން

ހަބަރު

އެމްޑީޕީ އިން ބޭނުންވަނީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް އޮތުން، އެކަމަކު ރައްޔިތުންގެ ވޯޓުން މެމްބަރުން ވަކިކުރަން ބޭނުންނުވޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 މާރޗް 2024 , ބުދަ 09:35   406

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރަން ނިކުންނަ ޕާޓީ އިން ވަކިވެއްޖެނަަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް ޤާނޫނަށް އިސްލާޙްގެނައުމަށެވެ.

މިގޮތުން އެޕާޓީ އިން މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް މިކަމާއި ގުޅޭގޮތުން "އެންޓި ޑިފެކްޝަން" [ކޮޅުބަދަލުކުރުމާއި ދެކޮޅު] ބިލެއް ހުށަހަޅުއްވާފައެވެ. އަދި މި ބިލް މަޖިލީހުގެ ތަޅުމުން ޖަލްސާގައި ބައިވެރިވި 41 މެމްބަރުންގެ އިއްތިފާގުން ފާސްވެ، ބިލް އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވެއެވެ.

ބިލްވާގޮތުން، މެމްބަރަކު ނުވަތަ ކައުންސިލަރަކު ތަމްޞީލްކުރާ ޕާޓީއިން ވަކިވެއްޖެނަމަ މެމްބަރުކަމުގެ މަސްޢޫލިއްޔަތުން ވެސް އިސްތިޢުފާދޭންވާނެއެވެ.

ހަމައެއާއި ވިދިގެން އިލެކްޝަންސް ކަމިޝަނުން އެމެމްބަރަކު ނުވަތަ ކައުންސިލަރަކު އިތުރަށް ދާއިރާ ތަމްޞީލްކުރުމުގައި ބައްހައްޓަން ފެންނަ/ނުފެންނަ ވޯޓެއް ނަގަންޖެހޭނެއެވެ.

މީގެކުރިން ވެސް މަޖިލީހުން މީގެ 6 އަހަރުކުރިން، އެމްޑީޕީއިން ވަނީ މިފަދަ ބިލެއްގެ މަސައްކަތްކޮށްފައެއެވެ. އަދި އެކަން ޤަނޫނަކަށް ބަދަލުކޮށްފައެވެ.

ނަމަވެސް ، އެންޓި ޑިފެކްޝަންގެ ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފް ގާނޫނެއް ކަމަށް ބުނެ އޭރު އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.

އޭގެފަހުން، 1 ނޮވެމްބަރު 2018 ގައި ވަނީ، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ އަޣުލަބިއްޔަތުން އުވާލާފައެވެ. އެ ޤާނޫނު އުވާލާ ބިލްގައި ރައީސް ޔާމިން ސޮއިކުރެއްވީ 13 ނޮވެމްބަރު 2018ގައެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި، ވިޕާ ޚިލާފްވެގެން ނުވަތަ އެނޫން ވެސް ސަބަބެއް މެދުވެރިވެގެން މެމްބަރަކާ މެދު ޕާޓީން އަޅާ ސުލޫކީ ފިޔަވަޅަކީ އެ މެމްބަރަކު ޕާޓީން ވަކިކުރުން ކަމަށްވާ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބިލުގައިވެ އެވެ. މީގެ އިތުރުން ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް މެމްބަރަކު ހޮވިފައި ވަނިކޮށް އެ ޕާޓީއެއް އުވާލައިފި ނަމަ، އެ ހާލަތުގައި އަމަލު ކުރާނީ ކޮން ގޮތަކަން މީގެކުރިން ފާސްކުރެވުނު ބިލުން ސާފުވެފައިނުވެއެވެ.

އެމްޑީޕީ އިން މި ބިލް ހުށަހަޅުއްވާފައިވާއިރު، އިދިކޮޅު މައިނޯރިޓީ ޕާޓީ އިން އަންނަނީ ރައްޔިތންގެ ވޯޓުން މެމްބަރުން ވަކިކުރޭވޭގޮތަށް ޤާނޫނަށް އިސްލާޙެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މިހާތަނަށް އެމްޑީޕީއިން އެއަށް ތާޢީދުކޮށްފައިނުވެއެވެ.

ޓެގްސް: އެމްޑީޕީ މަޖިލީސް އިންތިޚާބު ޤާނޫނަށް ބަދަލުގެނައުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.