ރައީސް މުޢިއްޒު، ކުންފުނިތަކާއި ބައެއް އިދާރާތައް ނުހިމެނޭއިރު މުވައްޒަފުންނަށް ވަނީ އަލުން މަސައްކަތަށް ނިކުތުމަށް މަޖުބޫރުވެފައި

ހަބަރު

17 ދުވަހުގެ ދިގު ޗުއްޓީއަކަށް އުއްމީދުކުރި މުވައްޒަފުން އަލުން އެނބުރި މަސައްކަތަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 މާރޗް 2024 , ހުކުރު 14:55   1830

ސަރުކާރުން ރޯދަމަހުގެ ފަހު 10 އެއް ސަރުކާރު ބަންދުދުވަސްތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، ބަންދު ފިލައި ދެން މަސައްކަތަށް ނިކުންނަންޖެހޭނީ ޢީދު ބަންދާއިއެކު ލިބޭ ޗުއްޓީއަށްފަހުއެވެ. އެއީީ މިއަދުން ފެށިގެން 17 ދުވަހެވެ.

ނަމަވެސް ބައެއް ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކަށް އެފަދަ ޗުއްޓީއެއް ދިނުމަކީ ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫއަރާނެކަމަކަމަށް ވާތީ ބައެއް އިދާރާތަކުން މި އުސޫލުކުރުމަށް ނިންމާފައިނުވެއެވެ.

ދައުލަތުގެ އިދާރާތަކަށް ބަލާއިރު، ހޮސްޕިޓާތަކާއި، އެއަރޕޯޓާއި، އިމިގްރޭޝަނާއި، ކަސްޓަމްސް، އަދި އެމްޕީޢެލް، ބޭކްތަކާއި ފެނަކަފަދަ ޒަރޫރީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދިނުމަކީ ނާދިރުކަމެކެވެ.

ސްކޫލްތަކުގެ ޓީޗަރުންނަށް ބަލާއިރު، އުސޫލްތަކުގެ ތެރެއިން ކޮންމެ ދުވަހަކު މަސައްކަތަށް ޙާޒިރުވުމުން ދޭންޖެހޭ އެޓެންޑެންސް އެލެވެންސް މި އުސޫލްގެ ދަށުން ނުލިބޭނެތީ ބައެއް ޓީޗަރުން ވެސް އަންނަނީ ޝަކުވާއުފުލަމުންނެވެ.

މިއާއިއެކު ސަރުކާރުން ވަނީ އާފިޔަވަޅެއް އަޅުއްވާފައެވެ. ފަހު 10ގައި ވެސް މުވައްޒަފުން މަސައްކަތަށް ނިކުތުމަށް ހިތްވަރުދިނުމުގެ ގޮތުން އިތުރު ޢިނާޔަތްތަކެއް ދިނުމަށް ރައީސް ވަނީ މިހާރު ނިންމަވާފައެވެ. އެގޮތުން، ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ނިންމައި، ބަންދުދުވަހުގެ ޢިނާޔާތް ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ވުމައްޒަފުން ނުހިމެނެއެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢްދެކެވެ. ފަހު 10 ގައި ސަރުކާރު ބަންދުކުރުމުގެ މަސައްކަތް ކުރެވުނު ނަމަވެސް، ގިނަ މުވައްޒަފުންތަކަކަށް މިވަނީ އަލުން އަނބުރާ މަސައްކަތަށް ނިކުންނަން މަޖުބޫރުވެފައެވެ.

ޓެގްސް: ރަސްމީ ބަންދު ދުވަސް ސަރުކާރު ރޯދަމަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.