އެފްއޭއެމްގެ ކުރީގެ ރައީސް

ހަބަރު

ބީހައިވް ހޮޓަލަށް 1 ލައްކަ ޑޮލަރު ދެއްކުމަށް އެފްއޭއެމްއަށް ޙުކުމްކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 މާރޗް 2024 , ހޮނިހިރު 13:29   226

ބީހައިވް ހޮޓަލަށް 102،186 ޑޮލަރު ދެއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލްކޯޓުން ޙުކުމްހޮށްފިއެވެ.

އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފައިވަނީ ބީހައިވް ހޮޓަލުން ކުރި ދަޢުވާއަކާއި ގުޅިގެންނެވެ.

ދައުވާ ހުށަހެޅުމުން އެފްއޭއެމްއިން ވަނީ އެއީ ދައްކަންޖެހޭ ފައިސާކަމަށް އެއްބަސްވެފައެވެ. ނަމަވެސް އިތުރަށް ފައިސާ ދިނުމަށް (ގެއްލުމުގެ ބަދަލުގެ ގޮތުގައި ދުވާލަކަށް 2 އިންސައްތަ އިންޓަރެސް ނެގުމަށް) އެއްބަސްވެފައި ނުވެއެވެ.

ބީހައިވްއިން ވަނީ ދައްކަންޖެހޭ ޢަދަދު ދެއްކުމަށް އެއްބަސްވާނަމަ، ޖޫރިމަނާ މަޢާފްކޮށްދޭނެކަމަށް ބުނެފައެވެ.

ކޯޓުން ނިންމީ ދައްކަންޖެހޭ ފައިސާ އެއްއަހަރު ދުވަހަށް ބަހައިގެން ދެއްކުމަށެވެ.

އެފްއޭއެމް އޮތީ ވަރަށް ބޮޑަ ދަރަނިވެރިވެފައެވެ. ހަމައެހެންމެ މަނީ ލޯންޑްރިންގ އާއި ވަގު ވިޔަފާރީ މުޢާމަލާތުތަކާއި ގުޅޭ މައްސަލަތަކެއް ވެސް ކޯޓަށްހުށެހެޅި ބަލަމުންނެވެ.

ޓެގްސް: ބީއެމްއެލް އެފްއޭއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.