ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް. ވެރިކަމުގެ ފުރަތަމ ދުވަހު ޔާމީން މިނިވަންކުރުމަކީ މިސަރުކާރުގެ ވަޢުދެއް ނަަމަވެސް އެކަމާއި މިހާރު ކަންބޮޑުވާތީ...

ހަބަރު

ޝަރީޢަތް ލަސްކުރަނީ މުޢިއްޒުކަމަށް ވިދާޅުވެ ޔާމީން އަނެއްކާވެސް ސަރުކާރަށް ފާޑުވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޭޕުރިލް 2024 , ހޯމަ 10:49   457

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތުގެ އަޑުއެހުން ލަސްކުރަނީ ސަރުކާރުންކަމަށް ބުނެ އެމަނިކުފާނުގެ ފާޑުކިޔުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އަނެއްކާވެސް އަމާޒުވެއްޖެއެވެ.

އެމަނިކުފާނު ރޭ ބޭއްވުނު ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ގޭގެއަށް ވަޑައިގަތުމުން އެމަނިކުފާނު އަދިވެސް މިނިވަން ނުވެހުރީ ކީއްވެތޯ ގިނަބަޔަކު ސުވާލުކުރާކަމަށެވެ.

"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް...ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ" ޔާމީން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ތަކުރާރުކޮށް އެމަނިކުފާނުގެ ޝަރީޢަތަށް ހުރަސް ނާޅުއްވާކަމަށް މުޢިއްޒު ވިދާޅުވެފައި ވީނަމަވެސް، އެމަނިކުފާނުގެ ޝަރީޢަތް އަވަސްކުރުމަށް ވެސް ބާރުއަޅުއްވައި ވާހަކަފުޅު މިހާތަނަށް ދައްކަވާފައިނުވެއެވެ. އަދި ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތައް ލަސްވާތީ އެކަމާއި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިނުވެއެވެ.

ވ. އަތޮޅު އާރަށާއި ގުޅޭގޮތުން ޔާމީނަށް އިއްވާފައިވާ ޙުކުމް ހައިކޯޓަށް ގެންގޮސްފައިވާއިރު، ހައިކޯޓުގައި އެންމެފަހުގެ އަޑުއެހުންތައް ނިންމާލިތާ 4 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ޔާމީން ލުއިތަކަކާއިއެކު ގެއަށް ބަދަލުކުރެވިފައިވެއެވެ. މި ލުއިތަކުގެ ތެރޭގައި ސިޔާސީ ގޮތުން ޙަރަކާތްތެރިވުން ހިމަނާފައިނުވާއިރު، ތަފާތު އެކި ފަހަރު މަތިން ސަރުކާރުން ވަނީ އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ.

ޔާމީން އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ރަޢީސް މުޢިއްޒު އަށް ނުކުރެއްވޭނެކަމަށާއި، އޭގެ މިސާލަކަށް ރަސްމާލެ މަޝްރޫޢު ފުދޭކަމަށެވެ. ރަސްމާލެ މަސައްކަތް ހުއްޓިފައިވާއިރު، އޭސީސީ އިން އަންނަނީ އުސޫލްތަކުން ބޭރުން ހިނގާފައިވާ އެމަޝްރޫޢު އާއިގުޅޭކަންކަން ތަޙްޤީގް ކުރަމުންނެވެ.

ޓެގްސް: ރައީސް ޔާމީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.