އައްޑޫސިޓީ ހިތަދޫގައި ހުންނަ ޔޫތް ސެންޓަރުގައި ހަދާފައިވާ ބެޑްމިންޓަން އެރީނާ

ހަބަރު

ނުބެލެހެއްޓި ވީރާނާވާތީ، ޔޫތްސެންޓަރުތައް މިނިސްޓްރީގެ ބެލުމުގެދަށަށް ގެންދަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޭޕުރިލް 2024 , ހޯމަ 11:31 1   955

ރަށްރަށުގެ ކައުންސިލްތަކާއި މީގެކުރިން ޙަވާލުކުރެވިފައިހުރި ޔޫތް ސެންޓަރުތައް އަލުން އަނބުރާ ސަރުކާރަށް ނެގުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން މަޢްލޫމާތު ދެއްވާގޮތުގައި، މިމަހުގެ 15 އިން ފެށިގެން ދެން އެ ސެންޓަރުތައް ބަލަހައްޓާނި އެ ވުޒާރާއިންނެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުން ކައުންސިލްތަކާއި ޔޫތް ސެންޓަރުތައް ޙަވާލުކޮށްފައިވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ކުރީކޮޅު، 2020 ވަނައަހަރުގައެވެ.

މިނިސްޓްރީ އިން އިތުރަށް ބުނެފައިވަނީ، ކައުންސިލްތަކުގެ ބޮލުގައި އޭރުގެ ސަރުކާރުން ސެންޓަރުތައް އަޅުވާފައިވަނީ، އެތަންތަން ބެލެހެއްޓުމުގެ ޒިންމާއިން ރެކިގަތުމަށްކަމަށާއި، ކައުންސިލްތަކުގެ ކައުންސިލްތަކުގައި އެފަދަ ވަޞީލަތްތަކާއި ޤާބިލުކަން އިތުރުކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން ގިނަ ސެންޓަރުތައް ހުރީ ވީރާނާވާން ދޫކޮށްލެވިފައިކަމަށެވެ.

ރަށްރަށުގައި ހެދިފައިވާ ޔޫތް ސެންޓަރުތައް ބެލެހެއްޓުން މެންޑޭޓުގައި ހިމަނުއްވައިގެން ރަޢީސް މުޢިއްޒުގެ ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ވެސް ކުޅިވަރާއިބެހޭ ވުޒާރާއާއިއެވެ. އެއީ ކުޅިވަރުގެ ކަންކަން ރަނގަޅަށް ތަރުތީބުކޮށް ޒުވާނުން ހަމަމަގަށް އެޅުވުން މުހިއްމުކަމަށް ސަރުކާރުން ދެކޭތީކަމަށް ވުޒާރާއިން ބުނެއެވެ.

މިނިންމުމާއި ގުޅިގެން ބައެއް ކައުންސިލްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި އައްޑޫސިޓީ ކައުންސިލް ވެސް ހިމެނެއެވެ.

ޓެގްސް: ޔޫތް ސެންޓަރުތައް ކުޅިވަރާއިބެހޭ ވުޒާރާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.