ކުޅިވަރާއިބެހޭ ވަޒީރު ޢަބްދުއްﷲ ރާފިއު (ވ)، މިނިސްޓްރީ އިން ބުނެފައިވަނީ ދެން ކުރިއަށްދާނެގޮތެއް ނިންމާނީ އެލްޖީއޭ...

ހަބަރު

ޒުވާނުންގެ މަރުކަޒުތަކާއިގުޅޭ ސްޕޯޓްސް މިނިސްޓްރީގެ ސާކިއުލާ ކެންސަލްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޭޕުރިލް 2024 , އަންގާރަ 08:50   586

ޒުވާނުންގެ މަރުކަޒުތަކާއިގުޅޭ ސްޕޯޓްސް މިނިސްޓްރީގެ ސާކިއުލާ ކެންސަލްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން ހާމަކުރައްވައިފިއެވެ.

އިއްޔެ އެ މިނިސްޓްރީ އިން ނެރުނު ސާކިއުލާގައިވާގޮތުން، މެންޑޭޓްތެރެއިން މިދިޔަ ސަރުކާރުގައި ރަށްރަށުގެ ކައުންސިލްތަކާއި ޙަވާލުކުރައްވާފައިވާ އެމިނިސްޓްރީ ތަރައްޤީކޮށްފައިވާ ޒުވާނުންގެ މަރުކަޒުތައް ނުބެލެހެއްޓި ވީރާނާވާތީ އަނބުރާ ގެންދިއުމަށް ނިންމާފައިވެއެވެ.

ނަމަވެސް މިތަންތަން އަނބުރާ ރައްދުކޮށްދިނުމަށް ކައުންސިލްތަކުން އެއްބަހެއް ނުވިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްތަކުން ބުނެފައިވަނީ ގިނަ ޢަދަދެއްގެ ފައިސާ ކައުންސިލްތަކުގެ ބަޖެޓުން އެތަންތަނަށް ހޭދަކޮށްފައިވާކަމަށާއި، މިނިސްޓްރީ އިން ނެރެފައިވާ ސާކިއުލާ އަކީ ޤާނޫނު އަސާސީ އާއި ޚިލާފު ނިންމުމެއްކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވެސް ވަނީ ރަސްމީ ކުއްލި ބައްދަލުވުމެއް ބާއްވައި މިނިސްޓްރީގެ ނިންމުމަށް އެއްބާރުލުން ނުދޭން ނިންމާފައެވެ.

މިނިސްޓްރީ އިން އެ ސާކިއުލާ ބަޠިލްކުރަމުން ބުނެފައިވަނީ، ދެން ކުރިއަށް ދާނެގޮތެއް ނިންމާނީ އެލްޖީއޭ އާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ޓެގްސް: ޔޫތް ސެންޓަރުތައް ކުޅިވަރާއިބެހޭ ވުޒާރާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.