ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރުމުގެ ޙަރަކާތުގެތެރެއިން

ހަބަރު

އެމްޑީޕީ އިން ވެރިކަން ނިންމާލިއިރު ސޯވެރެން ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު - ސަރުކާރު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޭޕުރިލް 2024 , ބުރާސްފަތި 12:13   468

ދިވެހި ދައުލަތުގެ މާލިއްޔާ ހަރުދަނާކުރެވޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެންކަމަށް ސަރުކާރު ހިންގާ ކޯލީޝަނުން ބުނެފިއެވެ.

ސަރުކާރު ކޯލީޝަންގެ ފަރާތުން ވާހަކަދައްކަވަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު ސޮވެރެން ޑިވެލޮޕްމެންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށެވެ.

ސޮވެރެން ފަންޑަކީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ޑޮލަރުން ފައިސާ ރައްކާކުރުމަށް އުފައްދާފައިވާ ފަންޑެކެވެ.

ލަމްޢާން ވިދާޅުވީ ކުރިން 2 މިލިއަން ޑޮލަރު ހުރި ފަންޑު މިހާރު ހުރީ 35 މިލިއަން ޑޮލަރުގައިކަމަށެވެ.

އަދުގެ ރައީސް ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ. މުސްތަޤުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެންޑިޑޭޓުން.

~ މުޙައްމަދު ލަމްޢާން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ދަރަނިތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

ރައީސް ސޯލިޙްގެ ސަރުކާރުގައި ކޮވިޑްގެ ބަލިމަޑުކަމާއިއެކު ގިނަ ޢަދަދެއްގެ ފައިސާ އައީ ޗާޕް ވެސް ކުރަމުންނެވެ. ނަމަވެސް، ރައީސް މުޢިއްޒު ވަނީ ފައިސާ ޗާޕްކުރުން ވެސް ހުއްޓާލާފައެވެ.

"ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް، އެކަން ޙަޖަމް ނުވަންޏާ ނުވާންވީ" - ރައީސް މުޢިއްޒު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރެއްވި ބޭއްބި ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވެސް ވަނީ ރާއްޖޭގެ އިޤްތިޞޯދީ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ޑޮލަރުގެ މައްސަލަށް އަށް ވެސް ބޮޑު ކުރިއެރުމެއް ހޯދިފައިވާކަމަށް ވިދާޅުވެފައެވެ.

ޓެގްސް: ޑރ. މުއިއްޒު މަޖިލީސް އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.