ޓޫރިޒަމް މިނިސްޓަރު، ފިނޭންސް މިނިސްޓަރ، އަދި އިކޮނޮމިކް އެޑްވައިޒަރު

ހަބަރު

ސަދަން ރީޖަނަލް ސިމްޕޯޒިއަމް 2024 ގެ ފުރަތަމަ އިބްތިދާއީ ބައްދަލުވުން އައްޑޫގައި ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 4 އޭޕުރިލް 2024 , ބުރާސްފަތި 22:09   857

‎ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކު ބޭއްވޭ ސަދަން ރީޖަނަލް ސިމްޕޯޒިއަމް 2024 ގެ ފުރަތަމަ އިބްތިދާއީ ބައްދަލުވުން އައްޑޫސިީޓީގައި މިއަދު ބާއްވައިފިއެވެ.

‎މައިގަނޑު މަޤްސަދަކީ އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ މުހިއްމު ކުރިއެރުމާއި، ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ވެވަޑައިގެންފައިވާ ވައުދުތަކާއި ގުޅިގެން ކުރެވިފައިވާ މަސަތްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސަތްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

‎މިއަދު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ‎އައްޑޫ “އައްސޭރި ޓުއަރިޒަމް” މަޝްރޫޢު އާއި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަނބުރާ އޮޕަރޭޝަނަށް ގެނައުމުގެ މަޝްވަރާ ތައް އަދި އެތެރޭގެ އުދުހުންތަކާއި ބައިނަލް އަޤްވާމީ ފްލައިޓް ކަނެކްޓިވިޓީގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަދި ފްލައިޓް ކަނެކްޓިވިޓީ ރަނގަޅުކުރުމަށް ކުރެވުނު އިތުރު މަސައްކަތްތަކަށް އަލި އަޅުވާލައްވައި މަޝްވަރާކުރެވިފައިވެއެވެ.

‎ގއ، ގދ، ޏ، ސ.އަތޮޅުގައި 3،735 އެނދު މިހާތަނަށް ހުރި އިރު، ވަކި މާކެޓިން ޕްލޭން އެއް ތައްޔާރުކުރެވި މިހިސާބުތަށް ލޯކަލް ޓުއަރިޒަމްގެ ރޮނގުން މާކެޓް ކުރުމަށް މަސައްކަތް ކުރިއަށްދާނެ އެމްއެމްޕީއާރްސީ އިން މަޢްލޫމާތު ދެއްވާފައިވެއެވެ.

‎ސިމްޕޯޒިއަމް ގެ ދެވަނަ ބައްދަލުވުން އަންނަ މޭއި މަހު ބާއްވަން ހަމަޖެހިފައި އޮތް އިރު، ކުރިއަށް ހުރި ބައްދަލުވުން ތަކުގައި އައްޑޫގެ އިތުރުން، ގއ، ގދ، އަދި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިކުރުމަށް ރޭވިފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގެ ތެރެއިން
މިއަދުގެ ބައްދަލުވުމުގެ ތެރެއިން
މިއަދުގެ ބައްދަލުވުމުގެ ތެރެއިން
މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ޓެގްސް: އައްޑޫގެ ޓޫރިޒަމް ދެކުނުގެ ޓޫރިޒަމް ޓޫރިޒަމް މިނިސްޓްރީ އެމްއެމްޕީއާރުސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.