މޯލްޑިވިއަންގެ ފްލައިޓެއް އައްޑޫގައި، ހަފްތާއަކު ދެ ދަތުރު ބޭއްވުމަށް ޝެޑިއުލްކޮށްފައިވޭ

ހަބަރު

އައްޑޫ-ކޫއްޑޫ ސީދާދަތުރުތައް އޮކްޓޯބަރު 29ގައި، ޓޫރިސްޓެއްގެ އަތުން 2،695ރ. ކޮޅަކަށް ނަގާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 އޭޕުރިލް 2024 , ހޮނިހިރު 12:10   1206

އަންނަ އޮކްޓޯބަރު 29 އިން ފެށިގެން އައްޑޫސިޓީ އާއި ކޫއްޑޫ އާއިދެމެދު ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ ކޫއްޑޫ އާއި އައްޑޫސިޓީ އާއި ދެމެދު ހަފްތާއަކު 2 ދަތުރު ބާއްވާނެކަމަށެވެ. މި ދަތުރުތައް އޮންނާނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހާއި އަންގާރަ ދުވަހުއެވެ. ކޫއްޑޫއިން އިން ގަމަށް މެންދުރު 12 ޖާހާއިރު އޮންނައިރު ގަމުން ކޫއްޑޫއަށް އޮންނާނީ ހަވީރު 17.30 ގައެވެ.

ނޯމަލް ފެއާރގައި އެއްކޮށްޅު ޓިކެޓެއްގެ އަގަކީ 1303 ރުފިޔާއެވެ. ސްޕެޝަލް ފެއާގައި ނަމަ 777 ރުފިޔާއެވެ.

ޓޫރިސްޓުންގެ ގޮތުގައި ޓިކެޓް ނަގާނަމަ އެއްކޮޅު ޓިކެޓެއްގެ އަގަކީ 174.80 ޑޮލަރެވެ. ޓޫރިސްޓުންނަށް ޑޮލަރުން ފައިސާ ދައްކަންޖެހޭއިރު، އެއީ ބޭންކު ރޭޓުން ބަލާނަމަ 2،695 ރުފިޔާއެވެ. މާލެއިން ގަމަށް ޓޫރިސްޓަކަށް އެއްކޮޅު ޓިކެޓް ވިއްކާ ރޭޓަކީ 203 ޑޮލަރެވެ. ބިދޭސީއަކު ވޯކް ޕާމިޓްގައި ދަތުރުކުރާނަމަ އެއްކޮޅު ޓިކެޓެއް ވިއްކުމަށް ނިންމާފައިވަނީ 1،630 ރުފިޔާއަށެވެ.

މާލެއިން ގަމަށް ކުރާ ދަތުރުގެ ދިގުމިނަކީ 1 ގަޑިއިރާއި 30 މިނެޓެވެ. ގަމުން ކޫއްޑޫއަށް ދަތުރުގެ ދިގުމިނަކީ 20 މިނެޓެވެ.

މޯލްޑިވިއަނުން އައްޑޫސިޓީ އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތަކުގެ އަގު އޭޕްރީލް މަހުން ފެށިގެން އަގުހެޔޮވާނެކަމަށް ބުނެފައިވީނަމަވެސް، އަގުހެޔޮ ޓީކެޓްތައް ލިބެނެ ނެތްކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން އައްޑޫސިޓީއަށް ދުވާލަކު އެވްރެޖްކޮށް 400 އާއި 500 އާއި ދެމެދުގެ ޢަދަދަކަށް ޕަސެންޖަރުން އުފުލައެވެ. އެ އެއާލައިނުން ވިއްކާ ޓިކެޓްތައް އަގުުހެޔޮވުމުގެ ޝަކުވާ އާއި ގަޑިއަށް ނުފުރުމުގެ އިތުރުން، ޖާގަ ނުލިބޭ މައްސަލައާއި ޚިދުމަތުގެ ފެންވަރު ދަށްވުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާތަކެކެވެ.

އަދި ޓޫރިސްޓުން ގެނައުމުގައި މޯލްޑިވިއަން އިން ބޮޑު ފީއެއް ނަގާތީވެސް ޓޫރިމްގައި ޙަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެގްސް: އައްޑޫ މޯލްޑިވިއަން ޑޮމެސްޓިކް އެއަރލައިންތައް ގަން އިންޓަނޭޝަނަލް އެއަރޕޯރޓް އައްޑޫގެ ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.