ހޯމް މިނިސްޓަރު އަލީ އިހުސާން

ހަބަރު

ކުށްކުރާ ކުދިން އިސްލާހުކުރުމަށް ހާއްސަ ތަނެއް ހަދަން މަސައްކަތްކުރައްވާކަމަށް ހޯމްމިނިސްޓަރު ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 އޭޕުރިލް 2024 , އާދީއްތަ 11:18   475

ރާއްޖޭގައި ކުށްކުރާ ކުދިން އިސްލާހުކުރުމަށް ހާއްސަ ތަނެއް (ފެސިލިޓީއެއް) ހަދަން މަސައްކަތްކުރައްވާކަމަށް ހޯމްމިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިހެން ވިދާޅުވީ އއ.ރަސްދޫ މިސްކިތެއްގައި ކުޑަކުދިންތަކެއް ކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކީ އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އެކުދިން އިސްލާހު ކުރުމަށް ފެސިލިޓީއެއް ހެދުމަށް ސަރުކާރުން އަންނަނީ ވިސްނަމުން" އިޙްސާން ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ އެތަން ވެގެންދާނީ ދީނީގޮތުން ކުށްކުރާ ކުދިން ތަރުބިއްޔަތުކޮށް، ޢުމުރާއި ގުޅޭގޮތުން ތަޢްލީމްދީ އަޚްލާޤް ރަނގަޅުކުރުމަށް ކުރަންޖެހޭކަންކަން ތަންފީޒުކުރުމާއި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުންކަމަށެވެ.

ކުދިން ބެލެހެއްޓުމާއި ޙަވާލުވާނީ ކޯޓު ޢަމުރެއްގެ ދަށުން 18 އަހަރާއި ހަމައަށެވެ.

ފެސިލިޓީ ހަދާނެ އިރަކާއި ތަނެއް ހާމަކުރައްވާފައި ނުވެއެވެ.

ޓެގްސް: ޢަލީ އިހުސާން ދާޚިލީ ވުޒާރާ ކުށްކުރުން ހަނގާކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.