ރައީސް މުޢިއްޒު އެންމެފަހުން އައްޑޫއަށް ވަޑައިގަތް ދަތުރުފުޅުގައި އައްޑޫ މޭޔަރ ޢަލީ ނިޒާރު އާއި ސަލާންކުރައްވަނީ

ހަބަރު

އައްޑޫ މުހިއްމުވިޔަސް، ނަތީޖާ ނުނެރެވެނީ ވަކިބައެއްގެ ކޮންޓްރޯލްދަށުގައި އޮންނާތީ - ރަޢީސް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 އޭޕުރިލް 2024 , ހޯމަ 12:58 1   779

އައްޑޫސިޓީ އަކީ ޤައުމުގެ ތަރައްޤީގެ ޕްލޭންގައި މުހިއްމު ޙިއްޞާއެއް އޮތްތަނަކަށް ވީނަމަވެސް، ތަރައްޤީ ނުގެނެވި އޮތީ ވަކިބައެއްގެ ކޮންޓްރޯލްދަށުގައި އޮންނައޮތުންކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނުގެ އަމިއްލަ ޕާޓީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތެއްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

"އައްޑޫ ރައްޔިތުންނަށް ބޭނުންވާ ކަންކަން ޙާޞިލްވުމުގައި އައްޑޫގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވޭ." ރައީސް ވިދާޅުވިއެވެ.

ތަފާތު އެކި ސަރުކާރުތައް ބަދަލުވެގެން އައިއިރުވެސް، ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި އައްޑޫސިޓީ ކައުންސިލްގައި ވެސް 2008 ވަނަ އަހަރުންފެށިގެން މެޖޯރިޓީ އޮންނަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ފުރުއްވަމުން ގެންދަވަނީ އެޕާޓީއިންނެވެ. ކުރީގެ ޕީޕީއެމް ސަރުކާރުގައި ވެސް މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

ޓޫރިޒަމް ދާއިރާއިން އައްސޭރި ޓޫރިޒަމް. އެއަރޕޯޓުގެ މަސައްކަތް އަވަސްކޮށް ފުޅާކޮށް، ބްރިޖުގެ މަސައްކަތް، އެކިކަހަލަ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ފެށުމުގެ މަސައްކަތް އަދި ފެށިފައި ހުރި ކަންކަން ބާރަށް ކުރިއަށްގެންދިއުމަށް މި ހުރިހާކަމެއް މިދަނީ ކުރަމުން.

~ ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނަށް މަޖިލީސްތެރެއިން އެއްބާލެއްވުން ދޭނެ މެމްބަރުންތަކެއް ތިބެންޖެހޭކަމަށެވެ. އަދި އެހެން ބަކަޔަށް މަޖިލީހުގެ މެޖޯރިޓި ނުދެވިއްޖެނަމަ އެމަނިކުފާނު ފައްޓަވާފައިވާ ތަރައްޤީގެ މަސައްކަތްތައް ހުއްޓިގެންދާނެކަމަށެވެ.

އައްޑޫއަށް އެންމެ ބޮޑު ވަޢުދެއްގެ ގޮތުގައި މިސަރުކާރުން ވެފައިވަނީ ހުޅުމީދޫ އާއި ސިޓީގެ ވެރިކަންކުރާ ރަށް، ހިތަދޫ އާއި 15 ކިލޯމީޓަރުގެ ބްރިޖަކުން ގުޅުވައިދިނުމެވެ. މިއީ ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ޚަރަދުވާނެ މަޝްރޫޢެއްކަމަށް ހިސާބުތަކުން ދައްކާއިރު، މިމަޝްރޫގެ ދިރާސާތައްކުރުމަށް ސަރުކާރުން ޙަވާލުކުރެއްވީ މިޞްރުގެ އަރަބް-ކޮންޓްރޭކްޓާސް އާއިއެވެ. އެކުންފުނިން ދެ ހަފްތާ ތެރޭގައި މަސައްކަތް ނިންމާފައިވާކަމަށް ބުނެފައިވީ ނަމަވެސް ޕްރޮޖެކްޓާއި ގުޅޭ އެއްވެސް ވާހަކައެއް އެކުންފުނިންވެސް އަދި ސަރުކާރުން ވެސް ޢާއްމުކޮށްފައިނުވެއެވެ.

ޓެގްސް: އައްޑޫ އައްޑޫ ބްރިޖް ޑރ. މުއިއްޒު މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.