ޑރ. ނަސްރުއްﷲ މުސްތަފާ

ހަބަރު

ޑރ.ނަސްރުއްﷲ މުސްތަފާ ދަންނަނީ ކިހާވަރަކަށް؟

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 އޭޕުރިލް 2024 , ހޯމަ 23:55 3   866

ޑރ.ނަސްރުއްﷲ މުސްތަފާއަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި ދީނީ އިލްމުވެރިނަށް ދިވެހި ސަރުކާރުން ކުރަމުންދިޔަ ދަތި އަދި އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ބޭފުޅެކެވެ.

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފިއްތުންތަކާއި ހަރުކަށި ކަމުގެ ސަބަބުން ޤައުމު ދޫކޮށް ދާން މަޖުބޫރުވި ނަސްރުއްﷲ ދިރިއުޅުން ބަދަލުކުރެއްވީ ސައުދީ އަރަބިޔާއަށެވެ. ސައުދިޢަރަބިއާގައި ހުންނަވައިގެން މަތީތަޢުލީމު ހާސިލުކުރައްވަން ފެއްޓެވިއެވެ.

އޭނާ ފުރަތަމަ ޑިގުރީ ޙާޞިލްކުރެއްވީ އިސްލާމިކް ޝަރިއްޔާ (ޤާނޫނީ ވަކީލުކަމު) ގެ ދާއިރާއިނެވެ. އޭގެ ފަހުން 2007 ވަނަ އަހަރު މާސްޓާސް އިން އެޑިޔުކޭޝަން ހާސިލުކުރެއްވިއެވެ. 2023 ނަސްރުﷲ މުސްތަފާ ވަނީ އިސްލާމިކް ޖުޑިޝަރީ ގެ ރޮންގުން ޕީ.އެޗް.ޑީ ވެސް ހާސިލު ކުރައްވާފައެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ނަސްރުﷲ ކުރިމަތި ލައްވާފައިވަނީ ގައުމަށް ހިދުމަތް ކުރުމުގެ ނުހަނު ބޮޑު އުންމީދަކާއިއެކުއެވެ.

ޤާނޫނު ހެދުމުގެ މަސައްކަތަކީ އެކަމުގެ ޢިލުމު ލިބިގެންމެނުވީ ކުރެވޭޒާތުގެކަމެއް ނޫނެވެ. އަމިއްލަ އުފަން ރަށާއި ދާއިރާ އަދި ގައުމުގެ ހައްގުގައި މަޖިލީހުގައި ވާކާލާތުކޮށް ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަކީ ނަސްރުﷲ ދެކެވަޑައިގަންނަވާ ހުވަފެނެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ 20 ވަނަ މަޖިލީހުގައި ހެޔޮވިސްނޭ ގާބިލު މީހުން ތިބެގެން މެނުވީ ދާއިރާއަށް ތަރައްގީ ނުގެނެވޭނެކަން ގިނަބަޔަކު ޤަބޫލުކުރެއެވެ. މާޒީގައި ކަންކަން ހިނަގާފައިވާ ގޮތަށް ބަލާލުމުންވެސް ކަމުގެ ޙަޤީގަތް ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ޤައުމުގެ ޙާލަތަށް ބަލާއިރު، އަމިއްލަ ޙަލާލު މަސައްކަތުން ތަނަވަސް ދިރިއުޅުމެއްގައި ދިރިއުޅެވޭނެ ގޮތް ދިވެހި ރައްޔިތުންނަށް ވަނީ ފަހިކޮށް ނުދެވިއެވެ. ވަޒީފާ ނެތުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ރައްޔިތުންނަށް މާލެ ބަދަލުވާން ޖެހިފައިވާކަން ފާހަކުރައްވަމުން ނަސްރުﷲ ވިދާޅުވީ، ހޮވިވަޑައިގެންފިނަމަ، ޙާލަތު ބަދަލުކުރެއްވުމަށް ކެނޑިނޭޅި މިންނެތް މަސައްކަތް ކުރައްވާނެކަމަށެވެ.

ޑރ. ނަސްރުﷲ މުސްތަފާގެ އެދުމަކީ ފަރެސް މާތޮޑާ ދާއިރާގެ އެންމެހައި ރައްޔަތުންގެ ތާޢީދާއި އެކު ދާއިރާގެ މަޖިލިސް ގޮނޑިއަށް ހޮއްވަވައިދެއްވުމެވެ. ރަތަފަންދޫ، ފަރެސް މާތޮޑާ އަދި ފިޔޯރީގެ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ، އިގްތިސޯދީ އަދި އިޖުތިމާޢީ ތަރައްގީ ގުޅިފައި އޮތީ ރައްޔިތުން ހޮއްވަވާ ވެރިންނާއި ކަމުން އިލްމުވެރި ގާބިލު މީހާއަށް ވޯޓުދެއްވުމަށް ނަސްރުﷲ އެދިވަޑައިގަނެއެވެ. އަދި އެމީހަކީ ޑރ. ނަސްރުﷲ މުސްތަފާ ކަމުގައި ދެކިލައްވައެވެ.

ޑރ.ނަސްރުﷲ މުސްތަފާގެ ވަނަވަރު:

  • 1995 ވަނަ އަހަރު ޑިޕުލޮމާ އިން ޕުރައިމަރީ ހެލްތުކެއަރ ޙާޞިލްކުރެއްވި
  • 1998 އަރަބި ބަހުގެ ޑިޕުލޮމާ ހެއްދެވި
  • 1998 ސެޓިފިކެޓް އިން ނާސިންގް (އަރަބިބަހުން)
  • 2002 ފުރަތަމަ ޑިގުރީ (އިސްލާމިކް ޝަރިއްޔާ)
  • 2007 މާސްޓާސް ޑިގުރީ (އެޑިޔުކޭޝަން)
  • 2023 ޕީ.އެޗް.ޑީ (އިސްލާމިކް ޖުޑިސިއަލް ސައިންސް) އިން ޙާޞިލްކުރެއްވި

ވަޒީފާގެ ތަޖުރިބާ:

  • 2017-2018 ކޮންސަލްޓަންޓެއްގެ ގޮތުގައި އެމް.އެސް އިންސްޓި ޓިއުޓްގައި މަސައްކަތްކުރެއްވި
  • 2018-ފެށިގެން ކޮންސަލްޓަންޓެއްގެ ގޮތުގައި ނޭޝަނަލް ސެންޓަރ އޮފް ހޯލީ ޤުރުއާންގައި
  • 2016-2017 ޕުރިންސިޕަލްކަން (އަރަބިއްޔާ ސްކޫލު ގައި)
  • 2015-2016 ޑީން އޮފް އަރަބިކް ފެކަލްޓީ (އައި.ޔޫ.އެމް ގައި)
  • 1995 އެގްޒެކިޓިވު ޑައިރެކުޓަރ ހޭންޑް އިން ހޭންޑް
  • 1995 އޮޕަރޭޝަންސް އޮފިސަރ (އެއަރޕޯޓްސް އޮތޯރިޓީ)
  • 1994 ޕުރޮޖެކްޓް އޮފިސަރ (މިނިސްޓަރީ އޮފް ޕުލޭނިންގް)

މީގެ އިތުރުން ވެސް ޑރ. ނަސްރުއްﷲ ވަނީ ލެކްޗަރަރއެއްގެ ގޮތުގައި ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި މަސައްކަތް ކުރައްވާފައެވެ.

ޓެގްސް: މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.