ފޭދޫސްކޫލްގެ އާޢިމާރާތުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަނާއިއެކު މިނިސްޓްރީ އާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަބަރު

ޑޭކެއަރ ސެންޓަރަކާއިއެކު، ފޭދޫސްކޫލްގެ އާޢިމާރާތް ވެގެންދާނީ މުޅިރާއްޖެއިންވެސް ނަަގައިކިޔޭ ތަފާތު ސްކޫލަކަށް - މިނިސްޓަރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 އޭޕުރިލް 2024 , އަންގާރަ 01:37   959

40 ކްލާސްރޫމްގެ ފޭދޫސްކޫލްގެ އާޢިމާރާތް ވެގެންދާނީ މުޅިރާއްޖެއިންވެސް ނަަގައިކިޔޭ ތަފާތު ސްކޫލަކަށްކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަފީޢު މިހެން ވިދާޅުވީ މިރޭ ފޭދޫސްކޫލްގައި ބޭއްވުނު އެސްކޫލްގެ އާ ޢިމާރާތް އެޅުމަށް ބަޔަކާއި ޙަވާލުކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އަލަށް އެޅޭ ޢިމާރާތަކީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭނެ ސްކޫލަކަށް ވެގެންދާނެކަމަށާއި އެންމެ ޒަމާނީ ޚިދުމަތްތަކުގެ އިތުރުން އާ ގިނަ ކަންކަން ތަޢާރަފްވެގެންދާނެ ސްކޫލަކަށް އެސްކޫލް ވެގެންދާނެކަމަށެވެ.

މިގޮތުން ދިވެހިރާއްޖޭގެ ސްކޫލެއްގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ޓާފްއެޅި ފުޓުބޯޅަ ދަނޑެއްވެސް އޮންނާނެކަމަށެވެ.

އަދި ޓީޗަރުންގެ އަމިއްލަ ދަރިން ގޮވައިގެން ސްކޫލް މާޙައުލަށް ނިކުމެވޭނޭހެން، ޑޭ ކެއަރ ސެންޓަރެއް ވެސް ޤާއިމުކުރައްވާނެކަމަށެވެ. މިއީ ވެސް މުޅިން އަލަށް ރާއްޖޭގެ ސްކޫލެއްގައި ޤާއިމުވެގެންދާ ޚިދުމަތެކެވެ.

ފޭދޫ ސްކޫލަކީ މުޅި ރާއްޖޭގައި ވެސް އެންމެ ޒަމާންވީ އެއް ސްކޫލެވެ. އެސްކޫލަށް 50 އަހަރު ފުރުމުގެ ޙަފްލާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

މިރޭ ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ފޭދޫ ސްކޫލްގެ އާ ޢިމާރާތުގެ ބިންގާ ވެސް އަޅުއްވައި ދެއްވާފައިވެއެވެ. މި ޢިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކުރެވިފައިވަނީ 480 ދުވަސްތެރޭގައި ނިންމުމަށެވެ.

މިރޭގެ ރަސްމިއްޔަތުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރު، ހޯމް މިނިސްޓަރ، އަދި ޕީއެންސީގެ ފޭދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓް އިބްރާހިމް ދީދީ (އައިބީ)

މިލިޔުމާއިގުޅޭ ފޮޓޯތައް

ޓެގްސް: ފޭދޫ ސްކޫލް އައްޑޫ ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.