މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވޯލްޑްބޭންކުގެ ސަރަޙައްދީ ރައީސް އާއިއެކު

ހަބަރު

މި ސަރުކާރުން އެއްވެސް އާ ބަޔަކަށް ބަދަލެއް ނުދޭ - މާލީ ވަޒީރު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 އޭޕުރިލް 2024 , އަންގާރަ 16:03   431

މި ސަރުކާރުން އެއްވެސް އާ ބަޔަކަށް ބަދަލެއް ބަދަލުގެގޮތުގައި ފައިސާ ދޫކުރުމަށް ނިންމާފައިނުވާނެކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީއިން 81 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފެށުމާއިއެކުއެވެ.

ނަަމަވެސް މިނިސްޓަރ ޝަފީޤް ވިދާޅުވީ މިހާތަނަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވާނީ ކުރީ ސަރުކާރުން ހިންގާފައިވާ އެކި މުއާމަލާތްތަކަށްކަމަށާއި އެއްވެސް އާ ބަޔަަކަށް ބަދަލު ދީފައި ނުވާނެކަމަށެވެ.

އިތުރަށް ތަފްޞީލްކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓްރީ ކޮމިޓީ މިސަރުކާލުން އުވާލާފައިވީ ނަމަވެސް، ދޫކުރަމުންދާ ފައިސާތަކަކީ ބަންޑާރަނައިބުގެ ލަފަޔާއިއެކެ، ކުރީގެ ސަޕްލިމެންޓްރީ ކޮމިޓީގެ ނިންމުންތަކާއި އެއްގޮތަށް ދޫކުރަމުންދާ ފައިސާތަކެއްކަމަށެވެ. އެއްބަސްވުންތަކުގައި ވާގޮތުން، ފައިސާތައް ދޫނުކޮށްފިނަމަ އަނެއްކާ އިތުރު ބޮޑު ޖޫރިމަނާތަކެއް ދައްކަންޖެހޭތީއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ 2023 ވަނަ އަހަރު، ވެރިކަން ނިމުމުގެކުރިން، ބަދަލު ދިނުމަށް 101 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވީނަމަވެސް ބަދަލުގެ ގޮތުގައި 550 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ޓެގްސް: ފިނޭންސް މިނިސްޓްރީ ދައުލަތުގެ ބަޖެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.