ހޯމް މިނިސްޓަރ ޢަލީ އިހުސާން، ޤިޔާސުއްދީން ސްކޫލުން އެއްބަސްވުން ކެންސަލްކުރިކަން ފުލުހުންނަށް....

ހަބަރު

ޣިޔާސުއްދީންގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ މިނިސްޓަރ ކަންބޮޑުވުން ފާޅުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 އޭޕުރިލް 2024 , ބުދަ 10:02 2   1060

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސްކޫލްގައި ތައްޔާރީތައްވެފައިވަނިކޮށް، ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރ ޢަލީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރޭގެ ޖަލްސާ ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ އެ ސަރަޙައްދަށްއެއްވެ ޖަލްސާއަށް ގަދަ ބާރުން ހުރަސްއަޅައި ހުއްޓުވައިފިއެވެ.

މިކަމާއިގުޅިގެން މިނިސްޓަރ އިހުސާން ވިދާޅުވެފައިވަނީ ކަންހިނގައި ދިޔަގޮތަށް ރިޢާޔަތްކޮށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ބޭނުންޖެހުނު ސަބަބު ހޯދުމަށް ޕޮލިސްކަމިޝަނަރ ގެ ކިބައިން އެދިވައިގެންފައިވާނެކަމަށެވެ.

އެއްވުން ރޫޅާލުމާއިގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެއްވުން ރޫޅާލަންޖެހުނީ ސްކޫލާއި ޕީއެންއެފް އާއިދެމެދު ވެފައިވާ އެއްބަސްވުން ކެންސަލްކޮށްފައިވާތީ، އެފަރާތުގެ ކަންބޮޑުވުމާއިއެކު، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމަކަށްކަމަށެވެ. އަދި ފުލުހުން ފޮނުވަންޖެހުނީ ސްކޫލްގެ އެދިލެއްވުމަކަށް ކަމަށެވެ.

ނަމަވެސް ފުލުހުން ވިދާޅުވާފަދައިން އެއްބަސްވުން ބާޠީލްކުރެވިފައިނުވާކަމަށާއި، ފުލުހުން އެއްވުން ރުޅާލީ ބާރުގެ ނަަހަމަ ބޭނުންކޮށްގެންކަމަށް ޕީއެންއެފް އިން މަޢްލޫމާތު ދެއްވައެވެ.

ޣިޔާސުއްދީން ސްކޫލުން އެފަދަ އެންގުމެއް އަންގާފައިވޭތޯ އާއި، ފުލުހުން ފޮނުވުމަށް އެދިފައިވޭތޯ ބެލުމަށް ކުރެވުނު މަސައްކަތްކާމިޔާބުވެފައި ނުވާއިރު، ފުލުހުންނަށް ވެސް އެފަދަ އެންގުމެއް ޣިޔާސުއްދީން ސްކޫލްގެ ފަރާތުން އެންގިކަން މިހާތަނަށް ކަށަވަރުކޮށްދެވިފައިނުވެއެވެ.

ޓެގްސް: ދާޚިލީ ވުޒާރާ ޢަލީ އިހުސާން ޣިޔާސުއްދީން ސްކޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.