ރައީސް. ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވީ ތަހްޤީްު ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށް

ހަބަރު

ހުރަސް އެޅީ އެންގެވުމާއި ޚިލާފަށް، ރައީސް ވިދާޅުވީ ފުލުހުން ޢަމަލުކުރިގޮތާއިމެދު ފިޔަވަޅު އަޅުއްވާނެކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޭޕުރިލް 2024 , ބުރާސްފަތި 09:53 1   427

ުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވަން މަސައްކަތްކުރައްވާ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީ އިފްތިތާޙްކުރުމަށް ޣިޔާޘުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއަޅައި، އެސްއޯ (ސްޕެޝަލް އޮޕަރޭޝަންސް) ފުލުހުން ޢަމަލުކުރިގޮތާއިގުޅިގެން، ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަމާއިގުޅޭ ތަޙްޤީޤު ރިޕޯޓް އެމަނިކުފާނަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މިކަމާއިގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނީ ޢީދު ސަލާންކުރެއްވުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވަޢުދުވެވަޑައިގެންފައިވަނީ ސުލްޙަވެރި އެއްވުންތައް ރޫޅާލަން މަސައްކަތް ނުކުރައްވާނެކަމަށާއި ބާރުގެ ބޭނުން ނުކުރައްވާނެކަމަށެވެ. ނަމަވެސް، ޕީއެންއެފް ޖަލްސާ ނުފެށެނީސް އެސްއޯ ފުލުހުން ވަނީ އެސްކޫލަށް ވަދެ ގަދަބާރުން ޖަލްސާ ހުއްޓުވާފައެވެ. ޖަލްސާ ހުއްޓުވަމުން ފުލުހުން ބުނެފައިވަނީ ޖަލްސާ ހުއްޓުވަންޖެހުނީ ސްކޫލުން އެދިގެންކަމަށެވެ. ނަމަވެސް، އެއީ ޙަޤީގަތެއް ނޫންކަން ޕީއެންއެފްގެ ފަރާތުންނާއި އެހެނިހެން ފަރާތްތަކުން ތިލަވެފައިވާ މަޢްލޫމާތުތަކުން އެނގި ޔަޤީންވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރިޕޯޓް ދިރާސާކުރައްވައި އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެކަމަށެވެ.

ޕީއެންއެފް އުފައްދަން އިއްޔެ ރޭ ޣިޔާޘުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއަޅައި އެސްއޯ ފުލުހުން ނުކުމެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިރުޝާދާ ޚިލާފަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މައްސަލަ އާއި ގުޅޭގޮތުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މިދަނޑިވަޅުފައި، ނުރުހުން ފާޅުކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ބަދަލު ހިއްޕެވުމުގެ ރޫޙެއް ނުގެންގުޅުއްވާނެކަމަށާއި، ސިޔާސީ ގޮތުން ޚިޔާލުފާޅުކޮށްގެން އެއްވެސް މީހަކަށް ދޭނެ އަދަބެއް ނޯންނާނެކަމަށެވެ.

މި ކަމާއި ގުޅިގެން ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވެސް ވަނީ ނުރުހުން ފާޅުކުރައްވައި މައްސަލަ ތަޙްޤީގްކުރެއްވުމަށް ޕޮލިސް ކަމިޝަނަރުގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.

މިކަން މިގޮތަށް ދިމާވާން މެދުވީ ސީދާ ކޮން ފަރާތެއްގެ އިޙްމާލުންކަން މިހާތަނަށް ސަރުކާރުން ރަސްމީކޮށް ބުނެފައިނުވެއެވެ.

ޓެގްސް: ޕީއެންއެފް ޣިޔާސުއްދީން ސްކޫލް އެއްވެއުޅުމުގެ މިނިވަންކަން ޕޮލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.