މަޖިލީހުގެ ރަޢީސް މުޙައްމަދު އަސްލަމް އުމުރާ ދަތުރު ލިބިވަޑައިގެންނެވި ފަރަތަކަށް ޢިނާމް ޙަވާލުކޮށްދެއްވަނީ

ހަބަރު

އައްޑޫސިޓީ، އޮޑައްސައު ސްޕޯޓްސް އިން 4 ފަރާތަކަށް ޢުމްރާ ދަތުރު ހަދިޔާކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޭޕުރިލް 2024 , ހުކުރު 11:07   1234

1445 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހާއި ގުޅިގެން، އޮޑައްސައު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގުރުއަތުލުމަކަށްފަހު އައްޑޫސިޓީގެ 3 ފަރާތަކަށް އުމްރާ ދަތުރު ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު އޮތީ ރޭ ނޫރާނީ ސްކޫލް ހޯލަގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އެވެ. އަދި އިތުރު ޚާއްޞަ މެޙްމާނުންގެ ގޮތުގައި އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު އަދި އައްޑޫސިޓީ ޕޮލިސް ކޮމާންޑަރ މުޙައްމަދު މަސްޢޫދު އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ނާޒިލްގެ އިތުރުން ހިތަދޫ މޫލެކެޑެ ކޮރޮވައު ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝީނާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

އެކްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން އޮޑައްސައު ސްޕޯޓްސްގެ އެއް ކޯ-ފައުންޑަރ އިމްރާން ސަޢީދު ވިދާޅުވީ މިފަދަ ޙަރަކާތެއް ބޭއްވިގެން މިދިޔައީ ވަރަށް ގިނަ ފަރާތްތަކެެއްގެ އެހީތެރިކަމަކާއިއެކު ކަމަށާއި އެހެންކަމުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޖަމްޢިއްޔާގެ ފަރާތުން ޝުކުރު އަދާކުރާކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ބެލީ 3 ފަރާތަކަށް ޢުމްރާދަތުރު ހަދިޔާކުރުމަށް. އެކަމަކު ފަހުވަޤުތު ހެޔޮއެދޭ އިތުރު ފަރާތެއްގެ އެހީ ތެރިކަމާއިއެކު ޖުމްލަ 4 ފަރާތަކަށް ޢުމްރާ ދަތުރު ދެވިގެން މިދިޔައީ. މީގެއިތުރުން 1000ރ ގެ 5 ކޭޝް ވައުޗަރ ވެސް ހަދިޔާގެ ގޮތުގައި ދެވިފައިވޭ" އިމްރާން ވިދާޅުވިއެވެ.

އޯޑައްސައު ސްޕޯޓްސް އަކީ އައްޑޫސިޓީގެ ޒުވާނުން ޚާއްޞަކުރެވިގެން ކުޅިވަރުގެ އެކިއެކިކަންކަން ކުރިއަރުވައި ދިރުވުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ކުޅިވަރާއިގުޅޭ ގިނަ ޙަރަކާތްތަކެއް މީގެކުރިން ވެސް ހިންގާފައިވެއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގައި ވެސް ގިނަ ޙަރަކާތްތަކެއް ހިންގާފައިވެއެވެ.

ޢުމްރާ ދަތުރު ލިބުނު ފަރާތްތައް:

  • ފާޠިމަތު މަލްކިއްޔާ ބިންތި އުނައިމް (އަލަމާ، ސ.ހިތަދޫ)
  • އަހުމަދު އަސްނާން (ހުޅުދޫއާގެ ، ސ.ހިތަދޫ)
  • ޙައްވާ ޒީޝާން (ސައުތްލައިޓް ، ސ.ހިތަދޫ)
  • މުޙައްމަދު ޝަހްރާން ޝާޙް (މިރާޖް ، ސ.ހިތަދޫ)

ލިޔުމާއިގުޅޭ ފޮޓޯތައް

...
...
...
...
...
...
...

އިތުރު ފޮޓޯތައް [ސްޓޯރީ ބޯޑުން]

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.