ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އައި އޯރެންބާގް ސަރަޙައްދު ފެނުއަޑީގައި

ހަބަރު

ރަޝިއާ އާއި ކަޒަކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން މީހުން ޙާލުގައި ޖެހިއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 އޭޕުރިލް 2024 , ހުކުރު 18:28   387

ރަޝިއާ އާއި އަވަށްޓެރި ކަޒަކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން މީހުން ޙާލުގައި ޖެހިއްޖެއެވެ.

ރަޝިޔާގެ އޮރެންބާގް ސިޓީގައި ގިނަ އަދަދެއްގެ ޙާލުގައިޖެހިފައިވާއިރު، އެސިޓީ ހުސްކުރުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

"ގިނަ ބަޔަކަށް އެހީވުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ޓެލެގްރާމްގައި ސިޓީގެ މޭޔަރު ސަރގޭ ސަލްމިން ވިދާޅުވީ އެތަނުގައި ދިރިއުޅޭ މީހުންނަށް "ލިޔުންތަކާއި ބޭހާއި އަސާސީ ތަކެތި ގެންގޮސް ވަގުތުން ގެއިން ނުކުތުމަށް" އަންގާފައިވާކަމަށެވެ. ފެންބޮޑުވުމުގެ ހާލަތަކީ "އިންތިހާއަށް ނުރައްކާތެރި" ހާލަތެއް ކަމަށް ސިފަކުރައްވައި މޭޔަރު ވަނީ "ވަގުތު ބޭކާރު ނުކުރުމަށް" ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

އޮރެންބާގް ސަރުކާރުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސަރަހައްދުގެ މަދުވެގެން އަށް ސަރަހައްދެއްގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުމަށް އަންގާފައިވާ ކަމަށެވެ. މި ސަރަހައްދަކީ ގާތްގަނޑަކަށް 2 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެއް ނަމަވެސް ގެއިން ނުކުތުމަށް އެދިފައިވަނީ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ.

ޔޫރަޕްގެ ތިންވަނައަށް އެންމެ ދިގު ކޯރު ޔޫރަލް ސްނޯ ގިރައިގެން ބަންޑުންވެ، ބޯޑަރު ކައިރީގައި އޮންނަ ދިހަވަރަކަށް ރަށާއި ސިޓީއަށް އަސަރުކުރަން ފަށާފައިވެއެވެ.

މި ކޯރު ރަޝިޔާގެ ޔޫރަލް ފަރުބަދަތަކުން ގޮސް ކަޒަކިސްތާން މެދުވެރިކޮށް ކެސްޕިއަން ކަނޑަށް ހަމައަށް ދަތުރުކުރެއެވެ.

މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ގެދޮރު ބަދަލުކޮށްފައިވާއިރު އޭގެ ތެރޭގައި 2،094 ކުޑަކުދިން ހިމެނެ އެވެ.

ހުކުރު ދުވަހު އުރާލް ކޯރުގެ ފެންގަނޑު 37 ފޫޓު (11.47 މީޓަރު) ފަހަނައަޅައި ގޮސްފައިވާ ކަމަށް ސިޓީގެ އޮފިޝަލުން ބުނެ އެވެ. އޮރެންބާގްގެ ފަސްޓް ޑެޕިއުޓީ ހެޑް އެލެކްސީ ކުޑިނޯވް ވިދާޅުވީ ހުކުރު ދުވަހު އޮރެންބާގުގައި ޕީކް ފްލަޑިންގް އެއް ކުރިމަތިވާނެ ކަމަށާއި އޭގެ ފަހުން "ސްޓޭބަލް ހާލަތެއް" އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަޒަކިސްތާނުގެ ރައީސް ކަސިމް-ޖޯމާޓް ޓޮކާޔޭވް ބުރާސްފަތި ދުވަހު ވިދާޅުވީ ފެންބޮޑުވުމަކީ "80 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އޭގެ ބޮޑުމިނާއި އަސަރުގެ ގޮތުން ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށް ވެދާނެ" ކަމަށެވެ.

ޓެގްސް: ރަޝިއާ ކަޒަކިސްތާން ފެންބޮޑުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.