ނަގޯނޯ-ކަރަބާޚުގެ އަރްމީނިއާގެ ރެފިއުޖީން

ހަބަރު

އަރްމޭނިއާ ނަސްލު ނައްތާލުމުގެ މައްސަލަ އައިސީޖޭއިން ބޭރުކުރަން އަޒަރުބައިޖާނުން ގޮވާލައިފި

ދާނިޝް - އެމެރިކާ | 17 އޭޕުރިލް 2024 , ބުދަ 09:04   371

އަވަށްޓެރި އަދި ވާދަވެރި އަރުމޭނިއާއިން އެ ގައުމާއި ދެކޮޅަށް ހުށަހަޅައިފައިވާ ނަސްލު ތައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުޚުމަތު ކުރާ މައްސަލަ އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ބޭރުކޮށްލުމަށް އަޒަރުބައިޖާނުން ގޮވާލައިފަ އެވެ.

އަޒަރުބައިޖާންގެ ވަކީލުން ހޯމަ ދުވަހު ވަކާލާތު ކުރެއްވީ އެ މައްސަލަ އަކީ އދ.ގެ އެންޓި ޑިސްކްރިމިނޭޝަން ޓްރީޓީގެ މައްޗަށް ބިނާވެފައިވާ މުއާހަދާގެ ޝަރުތުތައް ފުރިހަމަނުވާ މައްސަލައެއް ކަމަށެވެ. އަދި އެ ޝަކުވާގައި ހިމެނޭ ކަންކަމުގައި ގޮތެއް ނިންމުމުގެ އިހްތިސާސް އައިސީޖޭއަށް ނޯންނާނެ ކަމަށް ވެސް އެ މީހުން ވަނީ ބުނެފަ އެވެ.

ސޯވިއެޓް ޔޫނިއަން ވެއްޓުނު ފަހުން ތިން އަހަރު ދުވަހުގެ ތެރޭގައި ކޮކޭޝިއާގެ ދެ ގައުމުން އަންނަނީ ނަގޯނޯ-ކަރަބާޚް ސަރަހައްދަށް ވާދަކުރަމުންނެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އަސްކަރީ އޮޕަރޭޝަނެއްގައި ބަކޫ ވެރިކަމާ ހަވާލުވި ފަހުން ޔަރޭވަން ވަނީ ފަރުބަދަމަތީ އެންކްލޭވްއަށް ބައިނަލްއަގުވާމީ ސަމާލުކަން ގެނައުމަށް މަސައްކަތްކޮށްފަ އެވެ.

އަރްމޭނިއާއިން 2021 ވަނަ އަހަރު ހުށަހެޅި އައިސީޖޭ ގެ މައްސަލާގައި ބުނެފައިވަނީ އަޒަރުބައިޖާނުން އަރްމީނިއާގެ ރައްޔިތުންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ތައް އުފައްދައި، އެމީހުންނަށް ފުރުސަތު ދީ، އަރްމޭނިއާގެ ސަގާފީ ތަންތަން ހަލާކުކޮށްލާ ކަމަށެވެ. ނަމަވެސް ބަކޫ ވަނީ އެ ހުރިހާ ވާހަކައެއް ދޮގުކޮށްފަ އެވެ. މި މައްސަލަ އަކީ 2020 ވަނަ އަހަރު ނަގޯނޯ-ކަރަބާޚްގެ މައްސަލާގައި ހިނގި ހަނގުރާމައިގައި 6،600 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައެވެ.

ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ.ގެ މުއާހަދާގައި ވަނީ ބައިލެޓަރަލް މަޝްވަރާތަކަށް ހައްލެއް ނުލިބިއްޖެ ނަމަ އައިސީޖޭއިން މައްސަލަތައް ހައްލު ކުރުމުގެ ހުއްދަ ދޭ މާއްދާއެއް ހިމަނައިފަ އެވެ. އަޒަރުބައިޖާންގެ މަންދޫބު އެލްނޫރް މަމަޑޯވް ކޯޓުގައި ވިދާޅުވެފައިވަނީ އަޒަރުބައިޖާނާއެކު މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި އަރްމޭނިއާ އިން "އަޒަރުބައިޖާނާއެކު މަޝްވަރާތަކުގައި ބައިވެރިނުވި" ކަމަށާއި އެހެންކަމުން އެ މައްސަލައަކީ "އަވަސް" ދައުވާއެއް ކަމަށެވެ.

"ލިމިޓެޑް މަޝްވަރާތައް" ކުރެވުނު ނަމަވެސް ޔެރޭވަންއަށް "އެ މަޝްވަރާތައް ކުރިއަށް ނުގެންދެވުނު" ކަމަށް މަމްމަޑޯވް ވިދާޅުވި އެވެ. "ފެށުނީއްސުރެ އަރްމީނިއާގެ ނަޒަރު ހުއްޓިފައި އޮތީ ކޯޓުގައި މި މަރުހަލާތައް ފަށަން ... އަދި މި މަރުހަލާތައް ބޭނުންކޮށްގެން އަޒަރުބައިޖާނާ ދެކޮޅަށް ޕަބްލިކް މީޑިއާކެމްޕެއިނެއް ހިންގުމަށް "

އަޒަރުބައިޖާން ތަމްސީލުކުރައްވާ ބައިނަލްއަގްވާމީ ލޯ ޕްރޮފެސަރު ސްޓެފަން ޓަލްމޮން ވިދާޅުވީ އަރްމޭނިއާ އިން ދުވަހަކުވެސް މަޝްވަރާއަށް ފުރުސަތެއް ދީފައި ނުވާ ކަމަށެވެ.

އަޒަރުބައިޖާނުން އިތުރަށް ބުނީ އަރްމޭނިއާގެ މައްސަލައިގައި ކުރެވޭ ގިނަ ތުހުމަތުތަކަކީ ތަފާތުކުރުމުގެ މުއާހަދާގެ އިމުގެ ބޭރުން ކުރެވޭ ތުހުމަތުތަކެއް ކަމަށާއި އޭގެ މާނައަކީ އެ ކޯޓަށް އިހްތިސާސް ނޯންނާނެ ކަމަށެވެ.

އަޒަރުބައިޖާންގެ ވާހަކަތަކަށް އަންގާރަ ދުވަހު އަރުމޭނިއާއިން ޖަވާބުދާރީވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަޒަރުބައިޖާނުން ވެސް ވަނީ ހަމަ އެ މުއާހަދާއާ ހިލާފުވެފައިވާ ކަމަށް ބުނެ އަރްމޭނިއާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައަށް އަރުމީނިއާއިން ހުށަހެޅި އިއުތިރާޒުތަކުގެ އަޑުއެހުމެއް މި މަހުގެ ފަހުކޮޅު އޮންނާނެ އެވެ.

2020 ވަނަ އަހަރު ހިނގި ހަމަނުޖެހުން ނިމުމަކަށް އައީ ރަޝިޔާގެ މެދުވެރިކަމާއެކު އަޒަރުބައިޖާނަށް ނަގޯނޯ-ކަރަބާޚްގެ ބައެއް ސަރަހައްދުތަކާއި ޖެހިގެން ހުރި ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ދީގެންނެވެ.

އެއަށްފަހު އަޒަރުބައިޖާނުން ވަނީ 2023 ވަނަ އަހަރު ނަގޯނޯ ކަރަބާޚްގައި ވިދުވަރުގެ އަސްކަރީ ކެމްޕޭނެއް ހިންގައިފައެވެ އަދި މި ކެންޕޭނުގެ ސަބަބުން އެ ސަރަހައްދުގެ 120،000 މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފިލައިގެން ގޮސްފައެވެ.

ސުލްހައިގެ މުއާހަދާއެއްގެ މަޝްވަރާތައް ފެށުމަށް ދެ ފަރާތުން އެއްބަސްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އަރްމީނިއާގެ ބޯޑަރު ސަރަހައްދުތަކުގެ ގިނަ ރައްޔިތުން ވަނީ އަޒަރުބައިޖާނުން އެމީހުންގެ އަމިއްލަ ބިން ކަމަށް ދެކޭ ސަރަހައްދުތަކަށް އަރައިގަންނަ ކަމަށް ބުނެ އެ ކަމަށް ދެކޮޅު ހަދާފަ އެވެ.

ޓެގްސް: އަޒަރުބައިޖާން އަރުމޭނިއާ ނަސްލު ނައްތާލުން އައިސީޖޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.