ރޭ ފަތިހު އައި 5.1 މޓ ބިންހެލުން އައި ސަރަޙައްދު

ހަބަރު

އަންދަމަން ސަރަޙައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 އޭޕުރިލް 2024 , ބުދަ 08:23   484

އިންޑިއާގެ އަވަށެއްގެ ގޮތުގައި އޮންނަ އަންދަމަން ޖަޒީރާ ސަރަޙައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އަންދަމަން ޖަޒީރާ އޮންނަނީ ރާއްޖެއާއި 2240 ކިލޯ މީޓަރު ދުރުގައެވެ. އެންމެ ގާތުން އޮންނަނީ މިޔަންމާ ނޫނީ ބަރުމާއެވެ. އެއީ 700 ކިލޯ މީޓަރެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކާއި 900 ކިލޯ މީޓަރެވެ.

ރޭ ފަތިހު 4.01 ގައި އައި މި ބިންހެލުން އައިސްފައިވަނީ 5.1 މެގްނިޓިއުޑްގައެވެ.

ބިންހެލުން އައިސްފައިވަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން އެންމެ 54 ލިކޯމީޓަރު އަޑިއަށެވެ. އެހެންކަމުން ކައިރި ސަރަޙައްދުތަކަށް ބިންހެލުން ބޮޑަށް އިޙްސާސްކުރެވިފައިވެއެވެ. ބިންހެލުން އައިސްގެން އިހްސާސްކުރެވުނުކަމަށް ރިޕޯޓްކޮށްފައިވަނީ އެންމެ 24 ފަރާތަކުންނެވެ. އެއީ 40 ކިލޯމީޓަރުގެ ރޭޑިއަސް އެއްގެ ތެރެއިންނެވެ.

އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައިނުވެއެވެ.

ޓެގްސް: ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.