މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީސް ހުޅުވައިދެއްވަނީ

ހަބަރު

އާރުޑީސީ އައްޑޫ އޮފީސް ހުޅުވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 އޭޕުރިލް 2024 , ހުކުރު 18:19   805

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީހެއް އައްޑޫސިޓީގައި ހުޅުވައިފިއެވެ.

އާރުޑީސީ އަކީ 2019 ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ، 100 އިންސައްތަ ސަރުކާރު ޙިއްޞާވާ ދައުލަތުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ފެންވަރަށް ރާއްޖޭގެ ރަށްތަކުގެ މަގުތައް ހެދުމާއި މަގާއި ގުޅުންހުރި ޕްރޮޖެކްޓްގައި ހިންގުމެވެ. ކުންފުނިން ބްރިޖް ބެލެއްހުއްޓުމާއި ލޭންޑްސްކޭޕިންގ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

މިއަދު އައްޑޫގައި ހުޅުވުނު އޮފީސް ހުޅުވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފްއެވެ. އަރިހުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރާއި އެ ކޯޕަރޭޝަންގެ އިސްވެރިނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންގެ އިތުރުން އައްޑޫގެ ކަމުވޮށިގެންވާ ފަރާތްތައް ބައިވެރިވެވަޑައިގެންނެވާފައިވެއެވެ.

އައްޑޫގައި އަންނަނީ 117 ކިލޯމީޓަރުގެ މަގުހެދުމުގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏަކާއި ޙަވާލުކުރެވިގެން ހިންގަމުންނެވެ. އެމަސައްކަތުގެ 60 އިންސައްތަ ނިމިފައިވާއިރު، ބާކީ ކުރަންހުރި މަސައްކަތް ޙަވާލުވެގެންދާނީ އާރުޑީސީ އާއި ކަމަށް މަޢްލޫމާތު ލިބެއެވެ.

އައްޑޫގައި ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް ހިނގަމުން ދާއިރު، މަސައްކަތް މޮނިޓަރކޮށް ބަލާނެ ފަރާތްތައް ނެތުމުން މަސައްކަތުގެ ފެންވަރު ދަށްކަމަށް ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. އަދި ގިނަ މަސައްކަތްތައް ވަނީ ނިންމަން ކަނޑައެޅި މުއްދަތުތައް ފަހަނަޅައި ދިގުލައިގެން ގޮސްފައެވެ.

މި ހުޅުވުނު އޮފީހާއިއެކު އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ހަލުވި ފެންވަރު ރަނގަޅުވެގެންދާނެކަމަށް އާރުޑީސީ އިން މަޢްލޫމާތު ދެއްވައެވެ.

ޓެގްސް: އާރުޑީސީ އައްޑޫ ތަރައްޤީގެ މަސައްކަތްތައް Development Projects in Addu އިބްރާހިމް ޝަރީފް މުޙައްމަދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.