އައްޑޫސިޓީ ފޭދޫ ޕީއެންސީ ކެންޑިޑޭޓް އިބްރާހިމް ދީދީ (އައިބީ)

ހަބަރު

ވަގުތު ސާވޭ އިން ފޭދޫ ދެކުނު ދާއިރާ ގޮނޑި އައިބީއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 އޭޕުރިލް 2024 , ހޮނިހިރު 00:20   696

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ގުޅޭގޮތުން، ވަގުތު ނޫހުން ކުރިއަށް ގެންދާ ސާވޭ ގައި ފޭދޫ ދެކުނު ދާއިރާ ގޮނޑި ކުރީގައި ވެސް އެދާއިރާގެ މެމްބަރުކަންކުރައްވާފައިވާ، އިބްރާހިމް ދީދީ (އައިބީ) ކާމިޔާބުކުރައްވައިފިއެވެ.

އެ ސާވޭގައި ވޯޓުލާމީހުންގެ އާބާދީގެ 18.8 އިންސައްތަ މީހުންނާއި ސުވާލުކޮށްފައިވާއިރު އޭގެ ތެރެއިން 58،07 އިންސައްތަ މީހުން ވަނީ އައިބީ އަށް ތާޢީދުކޮށްފައެވެ.

އެ ދާއިރާގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޙަނީފް (ބެންޖޯ) އެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 40.38 އިންސައްތަ ވޯޓެވެ.

ތިންވަނައަށް، އަމިއްލަގޮތުން އެދާއިރާ އަށް ވާދަކުރައްވާ ނޫރުﷲއަށް ވޯޓުދޭނެކަމަށް ބުނެފައިވަނީ އެންމެ 1.5 އިންސައްތަ މީހުންނެވެ.

ފޭދޫ ދެކުނު ދާއިގާއި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ، ރަށުން ބޭރުގައި ތިބި މީހުން ލައިގެން 2،706 މީހަކަށެވެ.

ވަގުތު ނޫހުން ވަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ވެސް މިފަދަ ސާވޭއެއް ބާއްވާފައެވެ. އެއިންތިޚާބުގެ ނަތީތައް ވެސް ވަނީ ވަރަށް ގާތުން ދިމާވެފައެވެ.

ޓެގްސް: މެމްބަރު އައިބީ ޕީއެންސީ މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.