އިންޑިއާގައި އާދަޔާހިލާފަށް ހޫނުގަދަވެފައި

ހަބަރު

އިންޑިޔާގައި އިންތިހާއަށް ހޫނުގަދަވާން ފަށައިފި

ދާނިޝް - އިންޑިއާ | 4 މެއި 2022 , ބުދަ 15:50   219

އިންޑިޔާގައި އިންތިހާ ތަރަޖައަށް ހޫނުގަދަވެ, ހޫނުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވާން ވަނީ ފަށައިފައެވެ.

ފާއިތުވެދިޔަ ދެތިން ހަފަތާއަށް ބަލައިއިރު އިންޑީޔާގެ ގިނަ ސްޓޭޓްތަކެއްގެ ހޫނުމިން ހުރީ 40 ޑިގުރީއަށް ވުރެ މަތީގައެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި އިންޑިޔާއާގެ އިތުރުން ޕާކިސްތާނުގެ ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައި މިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެއް ބިލިޔަން މީހުން ތިބީ ވަރަށް ނާޒުކު ޙާލަތެއްގައިކަމަށެވެ.

އިންޑިޔާގެ މަހާރާޝްތުރާގެ ސަރަޙައްދީ ސަރުކާރުން މައުލޫމާތުދޭ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން މިދިޔަ މާރޗު މަހުން ފެށިގެން މިހާތަނަށް އެ ސްޓޭޓުން 25 މީހުން މަރުވެފައިވާކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހޫނުވުމުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވީ މި ދުވަސްވަރުގައިކަމަށް ވެސް މައުލޫމާތު ދެއެވެ.

އިންޑިޔާގެ އިޤްތިޞާދީ މަސައްކަތްތަކަށް ވެސް ހޫނުގަދަވުމުގެ ސަބަބުން ވަނީ ހުރަސްތަކަކާ ކުރިމަތިލާންޖެހިފައެވެ.

މިގޮތުން ހަނޑޫ ދަނދުތަކަށް ބޮޑެތި ގެންލުންތަކެއް ލިބި، ދަނޑުވެރިކަމުގެ ސިނާޢަތުގައި ފާއިތުވި ފަސް އަހަރު އިންޑިޔާއިން ހޯދި ކުރިއެރުންތައް މި އަހަރުގެ ތެރޭގައި ތަކުރާރުކުރެވިދާނެ ކަމާއިމެދު ވަނީ ޝައްކު އުފެދެން ފަށާފައެވެ. ހޫނުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވެ ބޯޓުދެލި ބޭނުންކުރުން ވަނީ އިތުރުވެފައެވެ. އަދި މިއާއިހެދި ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމަށް ބޭނުންވާ މިންވަރަށް ބޯޓުދެލި ނުލިބިދާނެކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.