ލަންކާގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން

ހަބަރު

ސްރީލަންކާގައި ދެވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފި

ދާނިޝް - ލަންކާ | 7 މެއި 2022 , ހޮނިހިރު 14:17   199

ސްރީލަންކާގައި ދެވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފިއެވެ.

މިކަން އިޢުލާނު ކުރެއްވީ މިދިޔަ ހުކުރު ދުވަހު ބޭއްވުނު ވަޒީރުންގެ ބައްދަލުވުމެއްގައި، އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައެވެ.

ލަންކާގައި ފުރަތަމަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރީ މިދިޔަ އޭޕްރީލް މަހުގެ 1ވަނަ ދުވަހުއެވެ. އަދި އޭގެ ދެހަފްތާ ފަހުނެ މި ހާލަތު އަވާލަން އެޤައުމުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔައެވެ. މިއީ އެ ޤައުމުގެ ރައްޔިތުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާ ތަކުގެ ސަބަބުންނެވެ.

ދެވަނަ ފަހަރަށް ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު މި އިޢުލާން ކުރީ ފުރަތަމަ ފަހަރަށް އިޢުލާންކުރި ހާލަތު އިވާލިތާ ފަސް ހަފުތާގެ މުއްދަތަކަށް ފަހުގައެވެ. މި ދަނޑިވަޅަކީ އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ކުރިއަށް ވުރެ ބޮޑަށް ވަރުގަދަވެ މުޅި ޤައުމު ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެކެވެ.

މިގޮތުން ސްރީލަންކާގެ ވެރި ރަށް ކޮލަންބޯގެ ޢާއްމު ދަތުރުފަތުރު ކުރުމުގެ ނިޒާމު ހުއްޓުމަކަށް ގެނެސްފައިވާއިރު، އެ ޤައުމުގެ މަދަރުސާތަކާއި ފިހާރަތައް ވެސް ވަނީ ބަންދުކޮށްފައެވެ. މުދައްރިސުންނާއި ދަރިވަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މުޒާހަރާއާ ގުޅުމުން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ބޮޑެތި އެއްވުންތައްވަނީވެސް ވަރުގަދަ ކޮށްފައެވެ.

ސްރީލަންކާގެ ނޫސްތަކުން މައުލޫމާތުދޭ ގޮތުގައި އެ ޤައުމަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ ސަބަބުން ރައީސް ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅުން ޕާޓީއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އިދިކޮޅުން ވަނީ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލައަކާ ސަރުކާރުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެ ޤައުމުގެ މަޖިލީހަށް ހުށަހަޅާފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.