އައްޑޫ ސިޓީ އީކުއޭޓަރ ވިލެޖް ރެސޯޓް. މީގެކުރިން ދެ ފަހަރަކަށް މިރިސޯޓުން މިއެވޯރޑް ހޯދާފައިވޭ

ހަބަރު

އީކުއޭޓަރ ވިލެޖް ސާޓާ އެވޯޑްއަށް އަނެއްކާވެސް ނޮމިނޭޓްވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 މެއި 2022 , ބުރާސްފަތި 02:02 1   522

ދެކުނު އޭޝިއާ ސަރުޙައްދުގައި ދެވޭ އެންމެ ބޮޑު ޓޫރިޒަމް އެވޯޑްކަމަށްވާ "ސައުތް އޭޝިއަން ޓްރެވެލް އެވޯޑް" (ސާޓާ) އަށް އަނެއްކާވެސް އީކުއޭޓާރ ވިލެޖް ރިސޯޓް ނޮމިނޭޓް ވެއްޖެއެވެ.

އެންމެ ފުރަތަމަ ސާޓާ އެވޯޑް ދޭން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން މިސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި މަޤބޫލު އެވޯޑަކަށް މިއެވޯޑް ވެގެންގޮސްފައިވެއެވެ. އިންޑިއާ، ސްރީލަންކާގެ އިތުރުން ދިވެހި ރާއްޖޭގެ ޓޫރިޒަމާއި ގުޅުންހުރި ޖަމްޢިއްޔާ-ޖަމާޢަތްތަކުން ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑަކަށް ވެފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ މަޓާޓޯ ވެސް ހިމެނެއެވެ.

އީކުއޭޓާރ ވިލެޖުން އެންމެ ފުރަތަމަ ސާޓާ އެވޯޑެއް ހޯދާފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ ލީޑިންގ އެއަރޕޯރޓް ހޮޓެލްގެ ގޮތުގައެވެ. އޭގެފަހުން 2018 ވަނަ އީކުއޭޓަރ ވިލެޖުންވަނީ ލީޑިންގ ހެރިޓޭޖް ހޮޓެލް/ރިސޯޓް އެވޯޑް ވެސް ހޯދާފައެވެ.

އައްޑޫ ގަން އެއަރޕޯރޓަށް ފަސް މިނެޓުން ދެވޭހާ ގާތުގައި ހުންނަ އީކުއޭޓަރ ވިލެޖްގައި މީގެކުރިން ސާޓާ އެވޯރޑް ހޮސްޓް ވެސް ކޮށްފައިއެވެ. އެއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި އެފަދަ އެވޯޑެއް ބޭއްވި ފަހަރު ވެސްމެއެވެ.

އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުހައްމަދު ވަހީދު ވިދާޅުވީ، އީކުއޭޓަރ ވިލެޖްގެ ނަމުގައި އެރިސޯޓް ހިންގަމުންއަންތާ 23 އަހަރު ވެއްޖެކަމަށެވެ. އަދި އީކުއޭޓަރ ވިލެޖަކީ އައްޑޫ ރައްޔިތުންގެ މެދުގައި މަޤްބޫލު ތަނކަށް ވެގެން ގޮސްފައިވާކަން ޔާޤީންކުރައްވާކަމަށެވެ. އީކުއޭޓަރ ވިލެޖަށް އެވޯޑްތައް ލިބުމުގައި އައްޑޫ ރައްޔިތުން ދެއްވާ ތަރުޙީބަށްޓަކައި ޝުކުރު ދެންނެވިއެވެ.

ކޮންމެ ފަހަރަކުވެސް އައްޑޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭ. މިފަހަރުވެސް ބޮޑު ތަރުޙީބެއް ދެއްވާނެކަމަށް އުއްމީދުކުރަން

~ މުހައްމަދު ވަހީދު، އީކުއޭޓަރ ވިލެޖްގެ މެނޭޖަރ

އިތުރަށް ވަހީދު ވިދާޅުވީ މިއެވޯޑްގެ ސަބަބުން އައްޑޫ ދުނިޔޭގެ ގިނަބަޔަކަށް އެނގިގެންދާން މަގުފަހިވާކަމަށެވެ. އަދި އައްޑޫގައި ޓޫރިސްޓުންނަށް ވިއްކޭނެ ގިނަކަންކަން އެބަހުރިކަމަށާއި، އެކަންކަން އެމީހުންނާއި ހަމަޔަށް ގެންގޮސްދޭން ޖެހޭކަމަށެވެ.

ސާޓާ އިން ވަނީ އެ ޖަމްޢިއްޔާގެ ވެސައިޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ތިރީގައިވާ ލިންކް މެދުވެރިކޮށް ވޯޓުލެވޭނެއެވެ. ވޯޓު ދެވޭނެ ކެޓަގަރީތައް ވެބްސައިޓުން އެނގެން ހުންނާނެއެވެ.

ސާޓާ އެވޯޑަށް، އީކުއޭޓަރ ވިލެޖަށް ވޯޓު ދެއްވުމަށް

ޓެގްސް: ސާޓާ އެވޯޑް އީކުއޭޓާރ ވިލެޖް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.