އެލްޖީއޭގެ ސީއީއޯ، އަފްޝަން ލަތީފް އިންޑިއަން ހައިކަމިޝަނަރާއި ބައްދަލުކުރައްވަނީ

ހަބަރު

ކައުންސިލްތަކަށް ލޭންޑްޔޫޒްޕްލޭންތައް ނުނިންމޭ، ހުރިހާކަމެއް މަޑުޖެހިފައި

އަލީ އަޒްޔަން - ކ. މާލެ | 23 މެއި 2022 , ހޯމަ 21:29   557

ރަށްރަށުގެ ބިމާއިގުޅޭ އެއްވެސްކަމެއް ނިންމުމުގެ ކުރިން، އެކަކުންސިލަކުން ލޭންޑްސާވޭ އޮތޯރިޓީ ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތަށް ތައްޔާރުކޮށް ހުއްދަދީފައިވާ "ލޭންޑްޔޫޒް ޕްލޭން" އެއް އޮންނަން ޖެހެއެވެ.

ލޭންޑްޔޫޒް ޕްލޭން އަކީ، އެރަށެއްގެ ނުވަތަ އެސަރަޙައްދެއްގެ އެންމެހައި ބިންތައް ބޭނުންކުރާނެ ގޮތާއި، ދަނޑުބިންތައް ދޫކުރާނެތަންތަނާއި، ގޯތިގެދޮރަށް ބިން ދޫކުރާނެ ތަންތަނުގެ ތަފްޞީލްފަދަ ކަންކަން ހިމަނަންޖެހޭ ޕްލޭނެކެވެ. އަދި އެކަމުން ވަށައިގެން ދިރިއުޅޭ މީހުންނަށް ކުރާނެ އަސަރުތަކާއި، މުސްތަގްބަލުގެ އާބާދީއަށް އޭގެއިން އަސަރުކުރާނެ ގޮތާއި ފައިދާ ކުރާނެގޮތުގެ ތަފްޞީލް ހިމަނަންޖެހެއެވެ.

އެހެންގޮތަކަށް ދަންނަވާނަމަ، މިއީ ގިނަ އަދި ފުޅާ ދާއިރާއިރާއެއްގައި، ކަމުގެ މާހިރުންގެ ލަފަޔާއިއެކު، ސާވޭކުރަންޖެހޭކަމެކެވެ. މިކަން ކުރުމުގެ ޤާނޫނީ ޒިންމާ ކޮނޑުގައި އެޅިފައިއޮންނަނީ، ޕްލޭނިން މިނިސްޓްރީގެ ދަށުންހިންގާ ލޭންޑް ސާވޭ އޮތޯރިޓީ އާއިއެވެ.

އެކްސްޕްރެސް ނޫހާއި ވަހަކަދައްކަވަމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ ބައިވަރު ޚިދުމަތްތައް ހުއްޓިފައި އޮތީ ފުރިހަމަކުރަންޖެހޭ ލޭންޑްޔޫޒް ޕްލޭންތައް ނުނިމިގެން ކަމަށެވެ.

އަފްޝަން ވިދާޅުވީ، ރާއްޖޭގައި މިފަދަ ސާވޭތައް ކުރައްވަން އެކަމުގެ ވަރަށް މޮޅު ޓެކްނިކަލް ބޭބޭފުޅުން އެބަތިއްބެވިކަމަށެވެ. ކުންފުނިތަކުގައި ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން ވެސް އޭގެތެރޭގައ ހިމެނެއެވެ. ޕްލޭނިންގ މިނިސްޓްރީ އިން ވަކި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވަނީ ކުރެވޭ މަސައްކަތުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމުގެ މަޤްޞަދުގައެވެ.

ވަކި ކޮލިފިކޭޝަނެއް ހުރި ބޭފުޅަކު ސޮއި ކުރެއްވީމަ ނޫނީ، ޕްލޭނިންގ މިނިސްޓްރީ އިން އެޕްލޭނެއް ޤަބޫލު ނުކުރައްވާނެ ކަމަށާއި، މުޅި ރާއްޖެއިން ވެސް އެމަސައްކަތް ކުރެއްވުމަށް ހުއްދަ ދެއްވަވާފައިވަނީ ޖުމްލަ 14 ފަރާތަކަށް ކަމަށެވެ.

ލޭންޑްޔޫސް ޕްލޭން ހަދަން ލިބެނީ ކުޑަ މުއްދަތެކެވެ. ދިވެހިން މިމަސައްކަތުގައި ކިތަންމެ ކުޅަދާނަ ވިޔަސް، އެންމެ ފަހުން އެލްޖީއޭގެ ބަޖެޓްތެރެއިން ޚަރަދުކުރާގޮތަށް އިޢްލާނުކުރި 43 ރަށެއްގެ ލޭންޑްޔޫޒް ޕްލޭނަށް ވެސް ހަތަރު ފަހަރަށް އިޢްލާނުކޮށްގެން ބަޔަކާއި ޙަވާލުކުރެވުނުއިރު، މިއީ ނިސްބަތުން މަދު ޢަދަދެކެވެ.

ކުރިން އޮތީ ތިން މަސްތެރޭ ހަދަން. އޮތްވާ އަޅުގަނޑުމެންގެ ޑެޑްލައިން އެކްސްޓެންޑް ކުރިކަމަށް އެންމެން ވެސް ޤަބޫލުކުރީ ސިއްޙީ ޙާލަތު އައުމާއިއެކު ހުރިހާ ޑެޑްލައިންއެއްވެސް ލަސްކުރެވިފައިތާ އޮތީ. އެގޮތަށް އޮތްވާ، މިއަހަރުގެ މާރޗް މަހުގައި ކުއްލިނުރައްކަލުގެ ޙާލަތު އުވާލީ. ދެން އަނެއްކާ ވެސް ގުނަންފެށީ. އެހެންވީމާ ކައުންސިލްތަކުގެ ޑެޑްލައިން ހަމަވަމުން އެދަނީ. އެކަމަކު ވަރަށް ގިނަ ކައުންސިލްތަކުގައި ނުއެއް ނެތް ލޭންޑްޔޫޒް ޕްލޭން ހަދަން ޚަރަދުކުރާނެހާ ލާރިއެއް. ޓެކްނިކަލް ބޭފުޅުން ކައުންސިލްތަކުގައި ތިއްބެވިޔަސް ޕްލޭނިންގ މިނިސްޓްރީގެ ރިކުއަމެންޓްތެރޭ އިނދޭ ސޮއި ކުރައްވަން. ޓެކްނިކަލް ސާވޭތަކެއް ހިމެނޭ. ހަޔަރ ކުރައްވަން ޖެހިވަޑައިގަނޭ.

~ އަފްޝަން ލަޠީފް، ސީއީއޯ، އެލްޖީއޭ

އިތުރަށް އަފްޝަން ވިދާޅުވީ މަދުވެގެން 200،000 އެއްހާ ރުފިޔާ ލޭންޑްޔޫޒް ޕްލޭން ހެދުމުގެ މަސައްކަތަށް ޚަރަދުކުރަންޖެހޭކަމަށެވެ. އެއީ ކިތަންމެ ކުޑަ ރަށެއްގެ ވެސްމެވެއެވެ. ގިނަ ކައުންސިލްތަކުގެ ބަޖެޓްގައި އެކަމަށް ޚަރަދުކުރާނެ ފައިސާއެއް ނެތެވެ. އަދި މިކަމުގައި އެލްޖީއޭ އިން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެހެންވީމާ އެވަރަށް ލާރި ބޭނުންވާތީ އެކަމަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް މަސައްކަތްކުރައްވަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

ލޭންޑްޔޫޒް ޕްލޭން ގައިޑްލައިންގެ ހަތަރުވަނަ މާއްދާގެ ސްކްރީންޝޮޓެއް.

އިންޑިއާ ސަރުކާރުން ފެހި ސިގްނަލް ދެއްވާފައި އޮތީ، އެބޭފުޅުން އެހީތެރިކަން ދެއްވާނެކަމަށް. އެބޭފުޅުންގެ ޝައުޤުވެރިކަން އެބަހުއްޓޭ، ފައިސާގެ އެހީތެރިކަން ދެއްވުމަށް. އަދި ލިޔެކިޔުމުން އެކަން އަޅުގަނޑުމެންނަށް ކަށަވަރުވެފައި އެއް ނެތް. އަދި ކިހާވަރެއްކަމެއް ވެސް ނޭގޭ. އެއީ ހަމައެކަނި އަނގަބަހުން ދެކެވިފައި އިން ވާހަކައެއް، އިންޑިއަން ހައިކޮމިޝަނާއިއެކު. އެބޭފުޅުން އެބަ މަސައްކަތްކުރައްވާ އެކަން ހަމަޖައްސަވަން. އެބޭފުޅުން ބޭނުންވި މަޢްލޫމާތު އަޅުގަނޑުމެން ވާނީ އަރުވާފައި. އަސްލު ބޭނުންވަނީ ދިވެހިން މިކަމުގައި އުޅުމަށް. ނުލިބިއްޖެ ޙާލަތެއްގައި، ނުލިބިއްޖެނަމަ އިންޑިއާގެ ޓެކްނިކަލް ބޭފުޅުންގެ ބޭނުންކުރުމަކީ ވެސް އޮޕްޝަންއެއް. އެކަމަކު ބޮޑަށް މިބަލަނީ ހަމަ ފަންޑު ހޯދުމަށް.

~ އަފްޝަން ލަޠީފް، ސީއީއޯ، އެލްޖީއޭ

އަފްޝަން ވަނީ ލޭންޑްޔޫސް ޕްލޭންތައް ނުނިމި ދިގުލައިގެންދާތީ ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ.

"ޢާމްދަނީ ހޯދަން ބިމެއް ދުލެއް ނުކުރެވޭނެ، ދަނޑުވެރިންނަށް ދަނޑުބިމެއް ދުލެއް ނުކުރެވޭނެ، ޓޫރިޒަމަށް ވެސް ބިން ދޫނުކުރެވޭނެ، ބޯހިޔާވަހިކަމަށް ބޭނުންވާ ގޯއްޗެއް ނުދެވޭނެ" އަފްޝަން އިތުރަށް ވިދާޅުވިއެވެ.

މިހާރު ނިމިފައިވަނީ، ސީދާ ކިހާ ޢަދަދެއްގެ ލޭންޑްޔޫޒް ޕްލޭންތަކެއްތޯ ސާފުވެފައި ނުވެއެވެ. ނަމަވެސް މިހާތަނަށް ލިބުނު މަޢްލޫމާތުތަކަށް ބަލާއިރު ހުއްދަދެވިފައިވަނީ ނިސްބަތުން ވަރަށް މަދު ރަށްތަކުގެ ޕްލޭންތަކަކަށެވެ.

ޓެގްސް: ލޭންޑް ސާވޭ އޮތޯރިޓީ ލޭންޑްޔޫޒް ޕްލޭން އެލްޖީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.