މާޕް އިން ބޭއްވި ދެވަނަ އެޗްއާރ ކޮންވެންޝަންގެ ތެރެއިން

ހަބަރު

މާޕް، އިންސާނީ ވަޞީލަތްތައް ބިނާ ކުރުމުގައި އަވަދިނެތި

އަލީ އަޒްޔަން - ކ. މާލެ | 29 މެއި 2022 , އާދީއްތަ 12:11 1   239

މަޝްހޫރު ކީ-ނޯޓް ސްޕީކަރ ހުސެން އަފީފް, އަދި އެޗްއާރު ދާއިރާގައި ފުންނާބުއުސް ފަރާތްތައް ކަމުގައިވާ އަލީ އާދަމް އާއި އަހުމަދު އިބްރާހިމް؛ މިތިން ބޭފުޅުންގެ މޭސްތިރިކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރ ޕްރޮފެޝަނަލްސް (މާޕް) އުފައްދާފައިވަނީ 18 ޖެނުއަރީ 2018 ގައެވެ.

މިޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެތެރޭގައި ބައިވެރިންނަށް ބައިނަލްޢަޤްވާމީ އަދި ޕްރޮފެޝަނަލް ތަޖްރިބާތައް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ތަޖުރިބާހުރި ފަރާތްތަކުގެ މެދުގައި ގުޅުން އުފެއްދުމާއި، އެކަކު އަނެކަކަށް އެހީތެރިވެދީ ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

މާޕް އުފެދުނުތާ މާގިނަ ދުވަސްތަކެއްނުވެ އައި ކޮވިޑްގެ ބިޔަ ރާޅާއިއެކުވެސް ފަނޑުކަމެއްނެތި، އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ތަފާތު އެކި ޕްރޮގްރާމްތައް މާޕް އިން ހިންގާފައިވެއެވެ.

ޕެންޑެމިކްތެރޭގައި މާޕްއިން އޮންލައިންކޮށް ބޭއްވި ލާރނިންގ އެންޑް ޑިވެލޮޕްމެންޓް ކޮންފަރެންސް

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކިފެންވަރުގައި ޙަރަކާތްތައް މާޕްއިން ހިންގައި ދީފައިވެއެވެ. ވަކިން ޚާއްޞަކޮށް ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އިސްނެގުމާއި ލީޑަރޝިޕް ރޫޙު އުފެއްދުމުގެ މަޤްޞަދުގައި މޯޓިވޭޝަނަލް ސްޕީޗްތައްދީ މެންޓަރ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. ޢާއްމުގޮތެއްގައި ޔޫޓިއުބް ޗެނަލްތަކުން ނޫނީ ނުފެންނަ ޒާތުގެ މިފަދަ ޙަރަކާތްތައް، ޒުވާނުންގެ މެދުގައި ވަނީ ނުހަނު މަޤްބޫލު ޙަރަކާތްތަކަށް ވެފައެވެ.

ޕެންޑެމިކްގެ ކުޑަދުވަސްކޮޅެއް ކުރިން، 19 ނޮވެމްބަރު 2019 ގައި މާޕްއިން ވަނީ މިފަދަ ޙަރަކާތްތައް ހިންގުމަށް ދުނިޔޭގެ ނަން މަޝްހޫރު، އަދި އެތައް މިލިއަން މީހުންގެ ސަމާލުކަން ލިބިފައިވާ، ރޮބިން ބޭންކްސް ރާއްޖެ ގެނެސް "ސަކްސެސް އިޒް އަ ޗޮއިސް"، މިތީމްގެ ދަށުން ޙަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ރަށްރަށުގައި ހިންގާފައިވާ ޙަރަކާތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު މާޕް އިން ގަމުގެ އީކުއޭޓަރ ވިލެޖްގައި، "ދަ ގްރޭޓް އެޗްއާރ ޕްރެކްޓިސް ޝެއަރ" ގެ ނަމުގައި ހިންގާފައިވާ ޙަރަކާތް ފާހަގަކޮށްލެވެއެވެ.

މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރ، ރޮބިން ބޭންކްސް ރާއްޖޭގައި

ޕެންޑެމިކަށްފަހު މާޕް އިން އަނެއްކާވެސް ޙަރަކާތްތައް އިތުރުކޮށްފިއެވެ. ޕެންޑެމިކާއިހެދި މަޑު ޖައްސާލަންޖެހުނު މާޕްގެ ދެވަނަ އެޗްއާރ ކޮންވެންޝަން، ދިވެހިރާއްޖޭގައި ބޭއްވުނު މިފަދަ އެންމެބޮޑު އެއްވުމުގެ ގޮތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިޙަރަކާތުގައި ޖުމްލަ 380 ޕްރޮފެޝަނަލް މަސައްކަތްތެރިން ބައިވެރިވެފައިވެއެވެ.

މިއީ މިހާތަނަށް މާޕް ހިންގި އެންމެ ކުލަގަދަ ޙަރަކާތް ވެސް މެއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން މާޕްގެ ރައީސް ހުސެން އަފީފް ވިދާޅުވީ، މި އެއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ގިނަ އެޗްއާރ ޕްރޮފެޝަނަލުން އެއްތަނަކަށް އެއްކޮށް، ދުނިޔޭގެ ޓްރެންޑްތަކާއި އެންމެރަނގަޅަށް ކަންކުރާނެގޮތްތައް ހިއްޞާކުރުމާއިއެކު، އޮންނަންވާ ގުޅުން ވަރުގަދަކުރުން ކަމުގައެވެ. މި ޙަރާކާތް ހިންގުމުގައި ރައީސް އޮފީހުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަން އަފީފް ފާހަގަ ކުރެއްވިއެވެ.

މާޕްގެ ރައީސް، ހުސެން އަފީފް ބައިވެރިންނާއި އެކު
މާޕް އިން އެންމެފަހުން ބޭއްވި އެޗްއާރ ކޮންވެންޝަނުގެ ތެރެއިން

މިކޮންވެންޝަނަކީ އަޅުގަނޑުމެން މާޕްގެ ފަރާތުން ރާއްޖޭގައި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރަން އަހައްމިއްޔަތުކަންދޭ މިންވަރު ރަމްޒުކޮށްދޭ ޙަރަކާތެއް. ލީޑަރޝިޕްގެ އެންމެ މަތީ ގިންތިއަކީ ހަމަގައިމުވެސް މީހުންގެ ތަރައްޤީއަށް ހޭދަކުރާ ހޭދަކުރުން. ދުނިޔޭގެ ފެންވަރުގެ މިފަދަ ޙަރަކާތްތައް މެދުކެނޑުމެއްނެތި ދިވެހިންނާއި ހަމަޔަށް ފޯރުކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ.

~ ހުސެން އަފީފް، މާޕްގެ ރައީސް

އަފީފް އިތުރަށް ވިދާޅުވީ، މިޙަރަކާތަށް ފަހު 2022 ގެ ބާކީ އޮތްބައިގައި މާޕް އިން ރާއްޖޭގެ އެކިކަންކޮޅުތަކައި ކެރިއަރ ގައިޑެންސް [ކުދިން ކުރިއަށްދާނެ ދާއިރާތައް ނިންމުމުގައި އެހީތެރިވެދިނުން] ޕްރޮގްރާމްތައް ހިންގާނެކަމަށެވެ. މިގޮތުން 6 އަތޮޅެއްގައި އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ތާވަލުކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ވެސް "ލާރނިންގ އެންޑް ޑިވެލޮޕްމެންޓް ކޮންފަރެންސް" އަކާއި ކޯޗްކުރުމާއި މެންޓަރ ކުރުމުގެ އެއްދުވަހުގެ ޕްރޮގްރާމެއް ހިންގުމަށް ރޭވިފައިވާކަމަށެވެ.

ޓެގްސް: ކޮންވެންޝަންތަކާއި ފޯރަމްތައް މާޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.