ރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުމުގައި ވޯޓަށް އަހަނީ

ހަބަރު

އެމްޑީޕީގެ ކޮންގްރެސް 19 އޯގަސްޓުގައި ބޭއްވުމަށް ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 މެއި 2022 , ހޯމަ 08:54   235

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް، މިއަންނަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަސް އެޕާޓީ އިން ނިންމައިފިއެވެ.

އެޕާޓީ އިން މިނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ހަތަރުވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ހުށަހެޅުއްވި ޤަރާރަކުންނެވެ. މިޤަރާރު ހުށަހެޅުއްވީ އެޕާޓިގެ ނައިބް ރައީސް މުޙައްމަދު ޝިފާޒް އެވެ. އަދި ތަޢީދު ކުރެއްވީ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދުއެވެ.

ޕާޓިގެ އަންހެނުންގެ ރޫޙުގެ ރައީސް ވާހަކަދައްކަވަނީ
ޤައުމީ މަޖްލީހުގެ ޖަލްސާގެތެރެއިން

މި ޤަރާރު ހުށަހަޅުއްވަމުން ޝިފާޒް ވިދާޅުވީ ކުރިން ކޮންގްރެސް ބާއްވަން 4 އޮގަސްޓް ކަނޑައެޅިފައި އޮތްނަމަވެސް، ފުރިހަމަ ކުރަންޖެހޭކަންކަން ހުރުމާއިއެކު ކޮންގްރެސް ބާއްވާ ދުވަހަކީ އޯގަސްޓު މަހުގެ 19 އަށް ހެއްދެމުވަށް ހުށަހަޅުއްވާކަމަށެވެ.

ކޮންގްރެސްގައި އެޕާޓީގެ އިސްފަރާތްތަކާއި ސަރުކާރުގައި ހިމެނޭ އެޕާޓީގެ އިސްފަރާތްތަކުގެ އިތުރުން ގޮފިތަކުގެ ރައީސުން ބައިވެރިވާނެއެވެ. ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ އަދި ހިންގާ ޤަވާއިދަށް ބަދަލު ގެނެވިދާނެއެވެ.

ހަމައެހެން ރައީސުލްޖުމްހޫރިއްޔާ އަށް ވާދަކުރައްވާނެ ގޮތްވެސް ކަނޑައަޅަނީ އެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޓެގްސް: އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.