ފެނަކަ ކުންފުނިން ޖަހާފައިވާ ސޯލާ ޕެނަލްތަކެއް

ހަބަރު

މިސަރުކާރުން ހަވާލުވިއިރު ސޯލާ ހުރީ 16 މެގަވަޓް، ދައުރު ނިވޭއިރު 68 މެގަވަޓަށް ހަދާނަން : ޝައުނާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 ޖޫން 2022 , ބުދަ 09:48   212

މިސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު، ސޯލާ އިން އުފައްދާ ކަރަންޓުހުރީ 16 މެގަވޮޓްގައި ކަމަށާއި މިސަރުކާރުގެ މިވީ އަހަރުތަކުގައި ޖުމުލަ 36 މެގަވޮޓު ސޯލަރ ހަރުކުރެއްވިއްޖެކަމަށް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އަދި ދައުރު ނިމުމުގެ ކުރިން 68 މެގަވޮޓުގެ ސޯލާ ހަރުކުރެވި ބޭނުންކުރެވެން ފަށާނެކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. ޝައުނާ މިހެން ވިދާޅުވެފައިވަނީ ހޮނިހިރުދުވަހު އއ.އުކުޅަހުގައި ބޭއްވި ކޮންފަރެންސްގެ ތެރެއިންނެވެ.

އެއީ ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓުގެ ގާތްގަނޑަކަށް ހަތަބައިކުޅައެއްބައެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ސޯލާ ހަރުކުުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވޯލްޑް ބޭންކާއި އޭޑިބީ ފަދަ އޭޖެންސީތަކުގެ ފަންނީ އަދި މަލީ އެހީތެރިކަން ވެސް ހޯދަމުންނެވެ.

ދާދިފަހުން ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ގޭގޭގައި އިންސްޓޯލްމެންޓަށް (ބައިބަޔަށް ފައިސާ ދެއްކޭގޮތަށް) ގޭގައި ސޯލާ ޖެހޭނެ ސްކީމްތަކެއް ވެސް ތަޢާރަފްކޮށްފައެވެ.

ޓެގްސް: ސޯލާ ފެނަކަ ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.