މުޅި ރާއްޖެއިން 1 ވަނަ ހޯދި ޝަރަފުއްދީން ސްކޫލްގެ ތިން ދަރިވަރުން - ފޮޓޯ: ނާސިހު

ހަބަރު

ތިމާވެށީގެ ދުވަސް، ވާހަކަލިޔުމުގެ މުބާރާތުން މުޅިރާއްޖެއިން 1ވަނަ ޝަރަފުއްދީން ސްކޫލަށް

އަލީ އަޒްޔަން - ފުވައްމުލަކު | 4 ޖޫން 2022 , ހޮނިހިރު 22:45   2123

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އިންތިޒާމްކޮށްގެން ބޭއްވި ކުރުވާހަކަ މުބާރާތުން، މުޅި ރާއްޖެއިން އެއްވަނަ ޝަރަފުއްދީން ސްކޫލް ހޯދައިފިއެވެ.

މިމުބާރާތް ބޭއްވިފައިވަނީ ސްކޫލްތަކުގެ ކީސްޓޭޖް ދޭއްގެ ދަރިވަރުންގެ މެދުގައެވެ. އަދި މުބާރާތުން އެއްވަަނަ ލިބޭ ދަރިވަރުންގެ ގުރޫޕަށް ފައިސާގެ އިނާމް ނުވަތަ ތިމާވެށީގެ ދުވަހުގެ ޙަރާކާތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. ދަރިވަރުން ނަގާފައިވަނީ ޙަރަކާތުގައި ބައިވެރިވުމަށެވެ.

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނަށް ލިބުނު ކާމިޔާބީ އިޢްލާންކޮށްފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ފުވައްމުލަކުގައި ބާއްވާ ޙަރަކާތްތަކުގެ ތެރެއިން، ހާފިޒް އަހުމަދު ސްކޫލްގައި ބޭއްވި ޙަފްލާގައެވެ.

ޝަރަފުއްދީން ސްކޫލުން އެއްވަނަ ލިބުނު ގްރޫޕްގައި ހިމެނޭ ދަރިވަރުން

  • އައިޝާ މަންހާ ފަލާހު
  • އައިޝަތު މީޝާ އާސިފް
  • އައިޝާ ނިޔަމް ޚާތިމް

މިހުރިހާ ދަރިވަރުންނަކީ ވެސް އެސްކޫލްގެ ގްރޭޑް 6 އޭ ގައި ކިޔަވާ ދަރިވަރުންނެވެ.

މިހަފްލާގައި ނައިބްރައީސް ފައިސަލް ނަސީމް އާއި އެންވައިރޮންމެންޓް މިނިސްޓަރ އާމިނިތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނައިބްރައީސް ވަނި ޝަރަފުއްދީން ސްކޫލްގެ ތިން ދަރިވަރަކަށް ހަދާނީ ލިޔުމާއި ސެޓުފިކެޓް ދީފައެވެ.

އޭގެ ފަހުގައި ހާފިޒް އަހުމަދު ސްކޫލުގެ ދަރިވަރުންގެ ފަރާތުން، މި ވާހަކައަށް ބިނާކޮށް ކުޅެފައިވާ ތަމްޞީލެއް ހުށަހަޅައިދިނުން އޮތެވެ.

ޓެގްސް: ޝަރަފުއްދީން ސްކޫލް ތިމާވެށި މުބާރާތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.