ރައީސް ސޯލިހް މީޑިއާތަކާއި ވަހާކަދައްކަވަނީ

ހަބަރު

ތިން އަހަރުތެރޭ ރިޒާވްގެ ތިންގުނަ ލޯނު ނަގާފައިވޭ

އަލީ އަޒްޔަން - ކ. މާލެ | 9 ޖޫން 2022 , ބުރާސްފަތި 08:15   305

ދިވެހިރާއްޖޭގެ ފޮރިން ރިސާވް އެންމެ ރަނގަޅުވާ ދަނޑިވަޅުވެސް އުޅެނީ 800 ވަރަކަށް މިލިއަން ޑޮލަރުގައެވެ. ސަރުކާރުން ފާއިތުވެދިޔަ ތިން އަހަރުތެރޭގައި 2.4 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޢަދަދަކަށް ލޯނު ނަގާފައިވެއެވެ. މިއީ ގާތްގަނޑަކަށް ރިޒާވްގެ ތިންގުނަ ޢަދަދެކެވެ.

ނަމަވެސް، މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެފައިވަނީ މިސަރުކާރުގައި ނަގާފައިވާ ލޯނުތައް ރައީސްޔާމީން ސަރުކާރަށްވުރެ ކުޑަވެފައި ރިޒާވުގައި އެފައިސާ ދައްކާނެހާ ލާރިއާއި، ކާބޯތަކެއްޗާއި ތެޔޮ ގަނެވޭވަރަށް ފައިސާ އެބަހުރިކަމަށެވެ.

ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ޖުމްލަ ނަންގަވާފައި އޮތީ 20 ބިލިއަން ރުފިޔާގެ ލޯނެވެ.

އަދި ލޯނު ދައްކަން ލޯނު ނުނަންގަވާކަމަށާއި، ލޯނު ނަގާފައި ހުންނާނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ ތަފްސީލް، އެމްއެމްއޭއިން ހާމަކުރެއްވިގޮތަށް

މީގެ ކުރިން ރައީސް ސޯލިން ވަނީ އިގްތިސޯދުކުރަން ޖެހިފައިވާކަމަށް ވެސް ވިދާޅުވެފައެވެ. އެކަމަކު މިއަދު އެފަދަ ވާހަކައެއް ނުފެނެއެވެ. އަދި ޚަރަދުތައް ކުޑަކުރައްވާނެކަމުގެ މާބޮޑު ޢިޝާރާތެއް ނުދައްކަވައެވެ. އެމަނިކުފާނު ވިދާޅުވީ، ތަރައްގީގެ މަޝްރޫޢުތައް ހުއްޓާލަންވެއްޖެކަމަށް ގަބޫލުފުޅުނުކުރެއްވޭކަމަށެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، އިތުރަށް ވިދާޅުވީ، މާލީ އިދާރާތަކުން ތަފާތުކޮށް ދެކިވަޑައިގަތުން އެއީ މައްސަލައެއް ނޫންކަމަށާއި، އެމަނިކުފާނު ކަންކުރައްވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މާހިރުންގެ ލަފަޔާއި އެކު ކަމަށެވެ.

މިފަދަ މޭރުމަކުން އެމަނުކުފާނު ވާހަކަފުޅު ދައްކަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްއެމްއޭ ގެ ގަވަރުނަރުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ޚަރަދު ކުޑަކުރެއްވުމަށް އިސްތިމާސް ކުރައްވާފައެވެ.

އެކިއެކި ފޯރަމްތަކުގައި ރައީސް އާއި ފިނޭސް މިނިސްޓަރު ގެންދަވަނީ އެވާހަކަ ދިފާޢުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓެގްސް: ދައުލަތުގެ ދަރަނި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.