އައިޝަތު ޢަލީ، އެޑިއުކޭޝަން މިނިސްޓަރު މަޖިލީހުގައި ދަވާބުދާރީ ވެވަޑައިގަންނަވަނީ

ހަބަރު

ދިރާސީ އަހަރު ފެށުން ޖެނުއަރީ އަށް އަލުން ހެދުމުގެ ވިސްނުމެއް ނެތް

އަލީ އަޒްޔަން - ކ. މާލެ | 13 ޖޫން 2022 , ހޯމަ 14:05   260

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިރާސީ އާހަރުގެ ފެށުން މިހާރު ބަދަލުކޮށްފައިވާ ގޮތް، ކުރިން އޮތް ގޮތަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ދިރާސީ އާ އަހަރު ފަށަމުން އައީ ޖެނުއަރީ މަހުއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދިރާސާ އަހަރު ފެށެ މަހަކީ އޮގަސްޓު މަސްކަމަށް ސަރުކާރުން ހަމަޖެއްސެވީ މިދިޔަ މާޗްމަހުގެ ކުރީކޮޅުއެވެ.

އޭރު އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވެފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ބަދަލުކުރީ ވަރަށްގިނަ ފަރާތްތަކާއި އެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އެގޮތަށް ނިންމެވުމުން ރިސޯޓްތަކުގައި މަސައްކަތްކުރާ މައިބަފައިންނަށް ދަރިންނާއި އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެތީ ކަމަށެވެ.

ޓެގްސް: ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.