ދިވެހި ފުލުހުން މީހަކު މަގުމަތިން ގަދަބާރުން ހިފަހައްޓާއިރު، ނޫސްވެރިން ކައިރީގައި

ހަބަރު

ހެއްކާއި ބެހޭ ބިލްގެ ސަބަބުން ކަރަޕްޝަން އިތުރުވެ, މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭނެ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ޖޫން 2022 , ހުކުރު 10:11   336

ރައްޔިތުންގެ މަޖިލީހުގެ، ޖުޑިޝަރީ ކޮމިޓީގެ ބަހުސް މަރުޙަލާގައިވާ، "ހެއްކާއި ބެހޭ ބިލް" ގެ ސަބަބުން ކަރަޕްޝަންގެ މައްސަލަތައް އިތުރުވެ، މިނިވަން ނޫސްވެރިކަމަށް ގިނަ ހުރަސްއެޅޭނެކަމަށް ނޫސްވެރިން ބުނެފިއެވެ.

މިކަމާއި ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލް (ނޫސްވެރިކަމުގެ ބެލެނިވެރިފަރާތް) އާއި މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (ނޫސްވެރިންގެ މަދަނީ ޖަމްއިއްޔާ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ޤާނޫނަކަށެވެ. ޒަމާނީ ބިލެއް ނެތި، ހެކީންގެ ރައްކާތެރިކަމާއި، ހެކިބަސްދޭ މީހާގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނެތުމަކީ ގިނަޒަމާންތަކެއްވެފައިވާ މައްސަލައެކެވެ.

އެއަށް ޙައްލު ހޯދުމަށްޓަކައި، ހުށަހަޅާފައިވާ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 6 ސެޕްޓެމްބަރު 2021 ގައެވެ.

ނަމަވެސް، މިބިލްގެ މަގްސަދާއިދޭތެރޭ މިހާރުވަނީ ސުވާލު އުފެދިފައެވެ.

ބިލްގެ މައިގަނޑު އެއް މަޤްޞަދަކީ ހެކިބަސްދޭ މީހުންގެ ހައްގު ހިމާޔަތްކުރުން ކަމަށްވެފައި، އަނެއްކޮޅުން ނޫސްވެރިންނަށް މަޢްލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ މަސްދަރުތައް ހާމަކުރަން މަޖުބޫރުކުރުމަކީ، ނޫސްވެރިންގެ ނަޒަރުގައި ދެކޮޅުޖެހޭ ވާހަކަތަކެއްނޫނެވެ.

އަޅުގަނޑުމެން ޤަބޫލުކުރަނީ މިބިލް މިހާރުއޮތްގޮތަށް ފާސްކޮށްފިނަމަ، އޭގެ ސަބަބުން ގާނޫނު އަސާސީން ލިބިދޭ ޙައްޤުތަކަށް ހުރަސްއެޅިގެންދާނެ. އަދި އޭގެ ސަބަބުން ނޭދެވޭގޮތަކަށް ކަންކަންކުރުމަށް ހުޅުވޭ ދޮރަކަށް ވެގެންދާނެ. އަދި އޭގެ ނާޖާއިޒު ސިޔާސީ ފައިދާ ނެގުމަށް ފުރުސަތު ލިބޭނެ. އަޅުގަނޑުމެން ގޮވާލަން، ހެއްކާއި ބެހޭބިލްގައި ހިމެނޭ، ނޫސްވެރިން މަސްދަރުތައް ހާމަކުރަން މަޖްބޫރުކުރާ މާއްދާ ނަގާދިނުމަށް.

~ މޯލްޑިވްސް މީޑިއާ ކައުންސިލް

މިބިލާއި ގުޅިގެން އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އާއި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް، އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގުޅިގެން ނެރެފައިވާ ބަޔާނާއިއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް އަދި ހައްގުތަކަށް ހުރަސްއެޅޭގޮތަށް އޮތް މާއްދާ ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ނަމަވެސް ސަރުކާރުން މިކަމަށް އަދި އިޖާބައެއް ދެއްވާފައި ނުވެއެވެ.

ޓެގްސް: ޙައްޤުތައް ނޫސްވެރިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.