ފުވައްމުލަކުގައި ކުރިއަށް ދިޔަ ގަނޫނީ މަޢްލޫމާތު ދިނުމުގެ ސެޝަންގެ ތެރެެއިން

ހަބަރު

ޕީއައިއެލްސީގެ ފަރާތުން ޤާނޫނަށް ހޭލުންތެރިކުރުމުގެ ކޭމްޕެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފި

އަލީ އަޒްޔަން - ފުވައްމުލަކު | 18 ޖޫން 2022 , ހޮނިހިރު 13:56   253

ގާނޫނަށް ހޭލުންތެރިކުރުމާއި ގާނޫނީ މައްލޫމާތު ފޯރުކޮށްދިނުމުގެ މަގްޞަދުގައި ފުވައްމުލަކުގައި ކޭމްޕެއް ބާއްވައިފިއެވެ.

މިކޭމްޕް ތެރެއިން، ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު މަޢްލޫމާތު ދިނުމުގެ ސެޝަން އިންތިޒާމްކޮށްފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލް އާއި މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޕަބްލިކް-އިންޓްރެސްޓް-ލޯ ސެންޓާރ (ޕީއައިއެލްސީ) އާއި އެމެރިކަން ބާރއެސޯސިއޭޝަން (އޭބީއޭ) އަދި ޔޫއެސްއެއިޑް ގުޅިގެންނެވެ.

މި ސެޝަންތަކުގައި ގާނޫނީގޮތުން މަޝްހޫރު އަދި ފުންނާބު އުސް ފަރާތްތައް ކަމަށްވާ އަލްއުސްތާޒާ މަރިޔަމް ޝުނާނާ އާއި އަލްއުސްތާޒް ޢަބްދުއްﷲ ނާހިދުވަނީ ބައިވެރިންނަށް ގާނޫނާއި ގުޅޭ އެކިދާއިރާތަކުން މަޢްލޫމާތު އަރުވާފައެވެ. މިގޮތުން، އަލި އަޅުވާލެވުނު ބައެއް ކަންކަމުގެ ތެރޭގައި:

  • ގާނޫނުތައް ހޯދާނެ ގޮތް ބުނެދިނުން
  • މައްސަލަ ކޯޓަށް ގެންދާނެ ގޮތް ބުނެދިނުން
  • ވަޒީފާއާއި ގުޅޭ މައްސަލަތަކުގައި ސަމާލުކަންދޭންޖެހޭ ކަންކަން
  • ބިމާއިގުޅޭ ގާނޫނީ ކަންކަން
ސެޝަނުގައި ބައިވެރިވި ބައެއް ފަރާތްތައް

ހަމަ އެހެންމެ ކޭމްޕްގެ ބައެއްގެ ގޮތުން މައްސަލަ ތަކުގައި ވެސް ގާނޫނީ ލަފާ އަރުވާ އެހީތެރެިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި، ބޭންކް ލޯނާއި ބެހޭ މައްސަލަތަކާއި، ގެވެށި އަނިޔާ އާއި ގުޅޭ، މަދަނީ މައްސަލަތަކާއި، އިންސާނީ ޙައްގުތަކާއި އަސާސީ ހައްގުތަކާއި ގުޅޭ މައްސަލަތަކުގެ އިތުރުން އެކަނިވެރި މައިންނަށާއި އުމުރުން ދުވަސްވީ އަދި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ލިބޭ އެހީގެ މައްސަލަތައް ހިމެނެއެވެ.

ޓެގްސް: ޖަމްއިއްޔާތައް ޤާނޫނުތަކާއި ޤަވާޢިދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.