ރަނިލް ވިކްރަމަސިންގ އަދި ރައީސް ނަޝީދު

ހަބަރު

ރައީސް ނަޝީދު ބޮޑުވަޒީރުގެ ދަޢުވަތަކަށް އަނެއްކާވެސް ލަންކާގައި، އެމެރިކާ އަދި އައިއެމްއެފް އިން އަންނަނީ އެހީވުމަށް ތައްޔާރުވަމުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ޖޫން 2022 , ހޮނިހިރު 17:21   420

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާ އަށް ވަޑައިގަތީ އެގައުމުގެ ބޮޑުވަޒީރުގެ ދައްވަަތަކަށެވެ.

މިއީ ރައީސް ނަޝީދު މަޖިލީހުގެ ސްރީލަންކާގެ ބޮޑުވަޒީރުގެ ދައްވަތަކަށް އެގައުމަށް ވަޑައިގަންނަވާ ދެވަނަފަހަރެވެ. މީގެ ދެ ހަފްތާއެއްވަރު ކުރިންވެސް އެމަނިކުފާނު ވަނީ އެގައުމަށް ވަޑައިގެންފައެވެ.

ސްރީލަންކާއަށް ދިމާވެފައިިވާ މާލީ މައްސަލަތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބައިނައިލްއަގްމީއެހީތެރިކަން ހޯދުމަށް އެގަމުން ވަނީ އެގައުމުން ރައީސް ނަޝީދުގެ ކިބައިން އެދުނީ މޭއި މަހުގެ ފަހުކޮޅުއެވެ.

ދާދިފަހުން އިންޑިއާއިން ވަނީ އެގައުމަށް ބޭނުންވާތެޔޮ ގަތުމަށް 50 މިލިއަންޑޮލަރުގެ ފެސިލިޓީއެއް ހުޅުވައިދީފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފްތާގައި އެމެރިކާ އާއި އައިއެމްއެފް އިން ވެސް އަންނަނީ އެހީދިނުމަށް ތައްޔާރުވަމުންނެވެ.

ސްރީލަންކާ - އެންމެ ފަސް:

  • ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފި
  • ޔުނިވާސިޓީތަކާއި ކޮލެޖްތައް ބަންދުކޮށްފި
  • ތެޔޮ ލިބުން ދަތިވުމާއި ގުޅިގެން މުޒާހިރާތައް ކުރިއަށް
  • ދަނޑުވެރިކަން ކުރުމަށްޓަކައި ހުކުރު ދުވަސް ޗުއްޓީގެ ގޮތުގައި ހަމަޖައްސައިފި
  • ދެ ދުވަސް ފަހުން އައިއެމްގެ ފަރާތްތަކުން ލަންކާއަށް ދާނެ
  • ކަރަންޓު ނުލިބުމުގެ ސަބަބަބުން ބައެއް ހޮސްޕިޓަލްތަކަށް ދަތިވެއްޖެ
ޓެގްސް: ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.