ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުއްﷲ މައުސޫމު

ހަބަރު

ރަށްވެހި ޓޫރިޒަމްގެ ލާމަސީލު ނަމޫނާއަކަށް ދިވެހިރާއްޖެ ވާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖޫން 2022 , އާދީއްތަ 11:15   382

ޓޫރިޒަމް މިނިސްޓްރިގެ އިސްނެންގެވުމުގެ މަތިން، ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ "ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ-ބޭސްޑް ޓޫރިޒަމް" ގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގައި ރަށްވެހި (ކޮމިއުނިޓީ-ބޭސްޑް) ޓޫރިޒަމް ވަރަށް ބާރަށް ކުރިއަރާފައިވާކަމަށެވެ. އަދި މުޅިދުނިޔެއަށް ވެސް ލާމަސީލު ނަމޫނާއަކަށް ވެގެންދާނެ ކަމަށެވެ.

މިސަމިޓަކީ، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމާއި ގުޅުވައިގެން ޖޫން މަހުގެ 15 އިން 16 އަށް ބޭއްވުނު ސަމިޓެކެވެ. ސަމިޓް ބާއްވާފައިވަނީ ކްރޮސްރޯޑްސް އަދި ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް ވަނީ މިސަމިޓަށް ވަޑައިގަތުމަށް ދަޢުވަތު އެރުވިފައެވެ. ސަމިޓްކުރިއަށް ގެންގޮސްފަނީ މުޅިންވެސް އިނގިރޭސިބަހުންނެވެ.

މިސަމިޓްތެރެއިން ބޮޑެތި ބަހުސްތަކެއް ކުރައްވާފައިވެއެވެ. މިގޮތުން މުޅިރާއްޖެއަށް ކިހާވަަކަށްތޯ ޓޫރިޒަމްގެންދާނީ އާއި ގުޅޭގޮތުން ބަހުސްކުރެވުނެވެ.

މިނިސްޓަރ މައުސޫމް ސަމިޓަށްފަހު ވިދާޅުވީ، ރާއްޖެއަކީ ރަށްވެހި ޓޫރިޒަމްއަށް އިސްކަންދޭ ގައުމެއްކަމަށެވެ. އަދި ރަށްވެހިޓޫރިޒަމްގައި މުޅި ދުނިޔެއަށް ވެސް ނަމޫނާގައުމަކަށް ވެވޭނެކަމަށެވެ.

އިތުރަށް ވިދާޅުވީ މިފަދަ ސަމިޓަކުން ސިދާސީދާ ޖަވާބުތަކެއް ނުލިބުނަސް، ވަރަށް ވަރަށް ގިނަ ޚިޔާލުތަކާއި މަޝްވަރާތަކަށް ޖާގަލިބިގެންދާ ކަމަށެވެ.

ހުރިހާ ރަށަކުން ބޭނުން ނުވެދާނެ އެއް ބާރުމިނެއްގައި ޓޫރިޒަމް ކުރިއަށް ގެންދާކަށް. އެކިރަށްރަށުން ބޭނުންވާނީ އެކިގޮތްގޮތް.

~ މިނިސްޓަރ މައުސޫމް

ނަމަވެސް ސޯޝަލްމީޑިއާގައި ވަނީ މިނިސްޓަރ މައުސޫމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭގެތެރޭގައި ގިނަބަޔަކު ބުނަމުންދަނީ، މުއްސަނދި ހަޔެއްކަ މަހުޖަނަކު މުޅިގައުމު އެއްކޮށް ހިސޯރުކޮށްފައިވާ ކަމަށާއި، ޓޫރިޒަމާއި ގުޅޭގިނަކަންކަން ހުރީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

ޓެގްސް: ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.