ދީނީދަރުސް ދިނުން މަނާކޮށްފައިވާ ދެޝޭޚުން، ޝޭޚް ނިޝާން، އަދި ޝޭޚް ފަޒްލޫން

ހަބަރު

ދެ ޝޭހެއްގެ ހުއްދަ ބާޠިލް، 4 މީހަކަށް 60 ދުވަސް މުއްދަތު ޖަހައިފި

އަލީ އަޒްޔަން - ކ. މާލެ | 23 ޖޫން 2022 , ބުރާސްފަތި 01:02   397

ޕީޕީއެމްގެ ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ ކުރީގެ މަޖްލީސް މެމްބަރު، މުހައްމަދު އިސްމާއިލްގެ އިތުރުން ޝޭހް އާދަމް ނިޝާން އާއި ޝޭހް ފަޒްލޫން މުހައްމަދު ވެސް މިރޭ ވަނީ ހައްޔަރުކޮށްފި އެވެ.

ދިވެހިންގެ ދީނީ އެއްބައިވަންތަކަމަށް ހުރަސް އަޅާފައިވާޏީ، އިސްލާމިކް މިނިސްޓްރީން ވަނީ ޝޭޚް ނިޝާން އާއި ޝޭޚް ފްޒްލޫން އަށް ފިޔަވަޅުއަޅާފައެވެ.

އެހެންކަމުން، ވަކި މުއްދަތެއް ވަންދެން ދެ ޝޭޚުންނަށް ވެސް، ވައުޘު ބުނުމާއި ދީނީ އިރުޝާދާއި ދަރުސް ދިރުން މަނާވާނެއެވެ.

ޖުމްލަ ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ހަތަރު މީހަކަށް ވަނީ 60 ދުވަސް ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި ދެ މީހަކަށް 5 ދުވަސް ޖަހާފައެވެ.

ހައްޔަރުކޮށްފައިވާ މީހުން، ފުލުހުން ޢާއްމުކޮށްފައިވާ ވަނަވަރު

ބައެއް ފަރާތްތަކުން ތުހުމަތުކުރަނީ ޕީއެމްއެމް އާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން އިސްކޮށް ތިއްބަވައިގެން ހިންގާފައިވާ ޢަމަލެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން ބުނަނީ، މިއީ ފުލުހުންގެ ފަރުވާކުޑަކަމުން ހިނގި ޢަމަލެއް ކަމަށެވެ. އަދި ސަލަފުން ވެސް ވަނީ، ހަމަ ނުޖެހުމަށް ހިތްވަރުނުދޭކަމަށް ބުނެފައެވެ.

ޓެގްސް: މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.