އ. ސީޕީ މުޙައްމަދު ރިޔާޒު، ވީޑިއޯތަކުގައި ވަނީ ކިހާވަރެއްގެ ޙަޤީގަތެއްކަން ސާފުނުވޭ، އަދި އޭގެ އަސްލު ހޯދުމަށް ގާބިލްކަން ފުލުހުންނަށް ލިބިފައިވާކަން ވެސް ކަށަވަރު ނުވޭ.

ހަބަރު

ވީޑިއޯތައް ލީކުކުރާ މީހުން ދަނެގަނެވިއްޖެކަމަށް ފުލުހުން ބުނެފި

އަލީ އަޒްޔަން - ކ. މާލެ | 27 ޖޫން 2022 , ހޯމަ 20:27   276

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބަރަހަނާ ވީޑިއޯތައް ފަތުރާމީހުން ދަނެގަނެވިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން މަޢްލޫމާތު ދެއްވަމުން އެސިސްޓެންޓް ކަމިޝަނަރ ރިޔާޒު ވިދާޅުވީ އެކަމާއި ގުޅިގެން ހިންގަންޖެހޭ ތަހްގީގްތައް މިހާރު ކުރިއަށްދާކަމަށާއި، ގިނަހެކިތަކެއް މިހާތަނަށް ހޯދިފައިވާކަމަށެވެ.

އިތުރަށް ރިޔާޒު ވިދާޅުވީ ބަރަހަނާ ވީޑިއޯތައް ލީކުކުރަން ފެށުމުގެ ކުރިންވެސް، މިދިޔަ މާޗްމަހުން ފެށިގެން ބްލެކްމެއިލް ކުރުމުގެ އެފަދަ ރިޕޯޓްތަކައި ގުޅިގެން ތަހްގީގް ކުރިއަށްދާކަމަށެވެ. އަދި މިހާރު ވެސް ބައެއް އޭގެ ވީޑިއޯތަކާއި ފޮޓޯތައް އަޕްލޯޑްކުރަމުންދާކަމަށެވެ.

މިއަދުގެ ޕްރެސްކޮންފަރެންސްގައި ފުލުހުން ވީޑިއޯތައް ލީކުކުރާމީހުން ދަނެގަނެވުނުކަމަށް ބުނިނަމަވެސް، އެއީ ކޮންބައެއްކަން ހާމަކޮށްފައިނުވެއެވެ. އަދި އިތުރު އެއްވެސް މަޢްލޫމާތެއް އެކަމާއި ގުޅިގެން ދެއްވާފައިނުވެއެވެ.

އަދި މިއީ ކިހާވަރެއްގެ އަސްލެއް އެކުލެވޭ ވީޑިއޯތަކާއި ފޯޓޯތަކެއްކަން ވެސް ސާފުވެފައި ނުވެއެވެ. އަދި އެފަދަ ތަފްޞީލްތައް ހޯދުމުގެ ގާބިލްކަންހުރި މިންވަރުވެސް ވަނީ ކަށަވަރު ނުވެފައެވެ.

ފޭކް ވީޑިއޯތައް އެނަލައިޒް ކުރަނީ ސުޕަރކޮމްޕިޓަރުތައް ބޭނުންކޮށްގެންކަމަށް ކަމާއިބެހޭ މާހިރުން ހާމަކުރައްވާފައިވާއިރު، އެޓެކްނޮލޮޖީ ލިބެންހުރީ ވެސް ދުނިޔޭގެ ވަރަށް މަދު ގައުމެއްގައެވެ.

މިއަދުގެ ޕްރެސްގައި،މިފަހަކަށް އައިސް ފުލުހުން މީޑިއާތަކަށް މަޢްލޫމާތު ފޯރުކޮށްނުދޭނީ މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެވާހަކަތަކާއި ގުޅިގެން ފުލުހުން ވިދާޅުވީ ވަކި ޕްލޭންއެއްދަށުން ކަންކަން ގެންދާތީ، ތަރުތީބުން މަޢްލުމާތު ހާމަކުރާނެކަމަށާއި، ދެފުށްފެންނަގޮތަށް ކަންކަން ގެންދަވާނެކަމަށެވެ.

ބައެއް މީޑިއާތަކުން އަޚްލާގީގޮތުން ދަށްފެންވަރުގެ ފޮޓޯތައް ޙަގީގަތް ބެލުމެއްނެތި ފަތުރާތީ، މޯލްޑިވްސް މީޑިއާކައުންސިލުން ވަނީ އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ވެސް ނެރެފައިވެއެވެ.

ޓެގްސް: ކުށްކުރުން ޖިންސީ ކުށްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.