މާލެ ޖަލު

ހަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ވާއިރަށް މާލެ ޖަލު ހުސްކުރުމަށް ނިންމައިފި

ދާނިޝް - ދިވެހި ރާއްޖެ | 5 ޖުލައި 2022 , އަންގާރަ 09:18   266

މިއަންނަ އޯގަސްޓް މަހު ފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ވާއިރަށް މާލެ ޖަލު ހުސްކުރަން ނިންމައިފިކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ނިންމުމަކީ އަލަށް އަޅާ ދަރުމަވަންތަ ސްކޫލް އިންވެގެން ހުންނަނީ މާލޭ ޖަލު ކަމަށް ވާތީ އެކަމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީ އާއި އާންމު ރައްޔިތުންވެސް ފައުޅުކުރަމުން ދަނިކޮށެވެ. މި އިމާރާތުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. އަދި ތައްޔާރު ވަމުންދަނީ މި ފެށޭ ދިރާސީ އަހަރުގެ ކިޔެވުން އެ އިމާރާތުގައިވެސް ފެށުމަށެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެއްވެސް ހިމެނެއެވެ.ހަމައެހެންމެ މަސައްކަތު މީހުންނަށް ޚާއްސަ ރޫމް ތަކަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހިމެނެއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވެފައިވަނީ ދިރާސީ އަހަރު ފަށާއިރު މާލޭ ޖަލު ހުސްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށާއި ދިރާސީ އަހަރު ކިޔެވުން ފެށޭއިރު މާލޭ ޖަލުގައި ގައިދީން ނުތިބޭނެކަމުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.