ތެލުގެ އަގުތައް ދުވަހެއް ދުވަހަކަށް ދަނީ އުފުލެމުން

ހަބަރު

އެސްޓީއޯއިން ނަހަމަ ތެލުގެ ވިޔަފާރި އާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފި

ދާނިޝް - ދިވެހި ރާއްޖެ | 5 ޖުލައި 2022 , އަންގާރަ 19:23   339

ދުނިޔޭގެ ބާޒާރުގައި ހަލުވި ދުވެއްޔެއްގައި ތެލުގެ އަގު މިދަނީ ބޮޑުވަމުންނެވެ. މިއާއެކު ރާއްޖޭގައި ތެކުގެ އަގުވެސް މިވަނީ ބޮޑުވެފައެވެ.

ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން މައުލޫމާތު ދެއްވާ ގޮތުގައި ތެލުގެ އުފުލިފައިވީނަމަވެސް ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން މަސްވެރިންނަށާއި، ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ސަބްސިޑައިޒްޑް އަގެއްގައެވެ. އެހެންނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައިކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކަންމިހެން އޮތްއިރު ބައެއް ފަރާތްތަކުން ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރެވޭކަމަށް އެ ކުންފުނިން ބުނެއެވެ. މިއާއެކު ރައްޔިތުންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުން ކަށަވަރު ކުރުމަށް ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ތެޔޮ ދޫނުކުރުމަށް އެސްޓީއޯއިން މިވަނީ ނިންމައިފައެވެ. މިއީ ނަހަމަ ގޮތުގައި ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ޓެގްސް: ޢެސްޓީއޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.