ބޮޑު އީދާއި ގުޅިގެން އައްޑޫގައި ބޭއްވުނު މިއުޒިކް ޝޯގައި މަޝްހޫރު ފަންނާނުން ކަމުގައިވާ ޝަލަބީ އަދި ރާފިޔަތު

ހަބަރު

"ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ފޯރިއާއިއެކު މިފަހަރު އައްޑޫގައި، މިނިސްޓަރު ޔުމްނާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ

ދާނިޝް - އައްޑޫ އަތޮޅު | 25 ޖުލައި 2022 , ހޯމަ 10:05 4   1268

ކޮންމެ އަހަރެއްގައިވެސް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" މި އަހަރު އައްޑޫސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެންސީއޭ އަކީ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. އަދި މިޙަރާކާތްތަކުގައި ބައިވެރިވުމަށްޓަކައި މިނިސްޓަރު ޔުމްނާ މައުމޫން، އައްޑޫއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން މިފަހަރު މިބާއްވާ މިބާއްވާ ޝޯ މިއީ، މާލެއިން ބޭރު ރަށެއްގައި ބޭއްވޭނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. އެންސީއޭ އިން މި ޝޯ ބާއްވާނީ މިއަހަރުގެ މިނިވަން ދުވަހާއި ވެސް ގުޅުވައިގެން، ޖުލައި 27 އަދި 28، މިދެދުވަހުގެ ރެއެވެ. އަދި ޝޯ އިންތަޒާމްކުރަނީ އައްޑޫ ސިޓީ ކައުންސިލާއި އެންސީއޭ ގުޅިގެންނެވެ.

ޝޯގައި ބޭނުންކުރާނީ މިދިޔަ ބޮޑު އީދު ޝޯގައި ވެ ބޭނުންކުރި ސެޓަޕްއާއި ސާމާނެވެ.

ސްޓޭޖް ތައްޔާރީތައް
ބޮޑު އީދު ޝޯގެ ތެރެއިން
ބޮޑު އީދު ޝޯގައި ލަވަކިޔުންތެރިޔާ ޝަލަބީ ބެލުންތެރިން ކައިރިން ހިނގާލަނީ
ބޮޑު އީދު ޝޯގައި އައްޑޫގެ ބޭންޑެއް ޕާރފޯމްކުރަނީ

އެންސީއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޝޯ އައްޑޫގައި ބޭއްވުމަށް ނިންމީ އަތޮޅުތަކުގެ ފަންނާނުންނަށް ޝޯގައި ހުށަހެޅުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. އެ ގޮތުން މި ޝޯގައި އައްޑޫގެ 2 ބޭންޑެއް ކަމުގައިވާ ވައިޓް-ޓާން ގެ އިތުރުން ޕޮލަރައިޒްގެ ހުށަހެޅުންތައް މިޝޯގެ ތެރެއިން ފެނިގެންދާނެ ކަމަށް މިނިސްޓްރީ އާއި ޙަވާލާދެއްވައި، އައްޑޫ ސިޓީ ކައުންސިލުން މަޢްލޫމާތު ދެއްވައެވެ.

މީގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ފަންނާނުން ކަމުގައިވާ ޝައްމޫން އަދި ކަޔާނޯގެ ހިތްގައިމު މިއުޒިކްގެ އާއި ޓްރެފިކް ޖޭމް، އަދި އިކުއެޓިކް ވައިބްސް ބޭންޑްގެ ޕާފޯމެންސްތައް ވެސް ފެނިގެންދާނެއެވެ. އަދި ނެށުމުގެ ދާއިރާގައި ހަރަކާތް ތެރިވާ ފަންނާނުންވެސް މިފަހަރުގެ ޝޯގައި ފެނިގެންދާނެ ކަމަށް އެފަރާތުން ހާމަކުރައްވައެވެ.

ޓެގްސް: އައްޑޫ މިނިވަންދުވަސް ފާހަގަކުރުން މިއުޒިކް ޝޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.